Advertisement

އެމްޓީޑީން މަޖިލީހުގެ ރައީސްކަމަށް ބޭނުންވަނީ އަަސްލަމް!

26 May 2019 | 13:19

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުުރު ދާާއިރާގެ މެންބަރ މުހައްމަދު އަސްލަމް ގެނައުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިންވެސް ތާއިދުކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އެޕާޓީގެ ނައިބު ރައީސް އަދި ނިމިިދިޔަ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރ ޔާމީން ރަޝީދު ކުރެއްވި ޓްވީޓެއްގައެވެ.

ޔާމީން ވިދާޅުވީ ގިނަ ވިސްނުންތަކަކަށްފަހު، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަސްލަމް އައުމަށް އެމްޓީޑީންވެސް ތާއިދުކުުރުމަށް ނިންމާފައިވާނެކަމަށެވެ.

އަދި މަޖިލީހުގެ ރައީސްކަން އަސްލަމަށް ހޯދައިދޭން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށް ޔާމީން ވަނީ ފާހަަގަކުރައްވާފައެވެ.

މި ފެށޭ މަޖިލީހުގައި އެމްޓީޑީގެ ތަމްސީލް ކުރައްވާ މެންބަރަކު ނެތްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް