އަލުން ހުއްދަ ދިން ރިސޯޓްތަކުގެ ތެރޭގައި އަލީ ޝިޔާމްގެ މަސްލަހަތު ހިމެނޭ ރިސޯޓްތަކެއް!

27 May 2019 | 14:24

ލައިސަންސް ބާތިލްކޮށްފައި ވަނިކޮށް އަލުން ހިންގުމުގެ ހުއްދަ ދިން ރިސޯޓްތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ އާއިލީ މަސްލަހަތު ހިމެނޭ ރިސޯޓްތަކެއް ހިމެނޭކަން ހާމަވެއްޖެއެެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އަލުން ހިންގުމުގެ ހުއްދަ ދިން ރިސޯޓްތަކުގެ ތެރޭގައިވާ ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށީގައި ޝިޔާާމްގެ އާއިލީ މަސްލަހަތު ވެއެވެ.

އެގޮތުން ހޮނޑާފުށީގެ ވެރިޔަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އާއިލާގެ ކުންފުނި ތްރީއޭ ޓްރޭޑިންގެ ތަނެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.

މިތަންތަން އަލުން ހިންގުމުގެ ހުއްދަ ދީފައިވަނީ ޖޫރިމަނާ ފައިސާއާއި އެހެނިހެން ފައިސާތައް ދައްކާ މަތިންނެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރިސޯޓުތަކަށް އަލުން ހުއްދަދިން އިރު ފިލިތެޔޮ ރިސޯޓުން ދައުލަތަށް 124 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އަދި މެދުފުށިން 64 މިލިއަން ރުފިޔާ ކުލި އާއި ޖުރިމަނާގެ ގޮތުގައި ދައްކަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން އަލުން ހުއްދަ ދިން ރިސޯޓުތަކަކީ އަލީ ޝިޔާމްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ރަށްތަކަކެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލައިސަންސް ދިނުމުގައި ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ވަކި ހާއްސަ ކަމެއް ދީފައި ނުވާނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement