ދުނިޔޭގެ އެންމެ ގިނަ މީހުން ބުލީކުރުމުގެ އަމާޒަކަށް ވެފައިވަނީ އަހަރެން: މެލައިނާ ޓްރަމްޕް

14 Oct 2018 | 08:15

ދުނިޔޭގެ އެންމެ ގިނަ މީހުން ބުލީ ކުރުމުގެ އަމާޒަކަށް ހަދާފައިވަނީ އެކަމަނާ ކަމަށް މެލާނިއާ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މެލާނިއާ މިހެން ވިދާޅުވެފައިވަނީ އެފްރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި ދިން އިންޓަވިއު އެއްގައެވެ.

މެލާނިއާ އިތުރަށް ހާމަކުރެއްވި ގޮތުގައި އެކަމަނާ ފައްޓަވާފައިވާ އެންޓި-ބުލީން ކެމްޕެއިން ކަމަށްވާ "ބީ ބެސްޓް" ވުޖޫދަށް އައުމުގެ އަސްލަކީވެސް މީހުން އެކަމަނާ ބުލީ ކުރުން ކަމަށެވެ.

"ބީ ބެސްޓް" ކެމްޕެއިންގެ އަމާޒަކީ އޮންލައިން އަދި މީސް މީޑިއާގައި މީހުން ގެންގުޅޭ އަހުލާގު ރަނގަޅުކުރުން ކަމަށާއި ކުޑަކުދިންނަށް އިޖުތިމާއީ އަދި އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ދަސްކޮށްދޭން ޖެހޭކަމަށް މެލާނިއާ ފާހަގަ ކުރައްވާފައިވެއެވެ.

2016 ވަނަ އަހަރު އެކަމާނާގެ ފިރިކަލުން ޑޮނަލްޑް ޓްރަމްޕްއަށް ރިޔާސީ އިންތިހާބުގައި ކެންޕެއިން ކޮށްދެއްވަމުންވެސް މެލާނިއާވަނީ އެކި ބާވަތްތަކުގެ ބުލީންއާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ނަމަވެސް އެހެން ފަރާތްތަކަށް އަމާޒުކޮށް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ހަރުކަށި ޓުވީޓް ތަކާއި ދައްކަވާ ވާހަކަފުޅުތަކުން މެލާނިއާގެ މި ވާހަކަތަކައް ދަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement