Advertisement

އަހަރެން އިސްލާމް ދީނުގެ މިންގަނޑާ ހިލާފް އެއްޗެއް ކުޅެން ނުޖެހޭނެކަން ޤަބޫލުކުރަން: އެކްޓްރެސް ނާޖިހާ

29 May 2019 | 06:51

އިސްލާމް ދީނުގެ މިންގަނޑާ ޙިލާފް އެއްޗެއް ކުޅެން ނުޖެހޭނެކަން ޤަބޫލުކުރާކަމަށް މައްސަލަ ހޫނުވެފައިވާ ޑްރާމާގެ "ރޯހާ" ގެ އެކްޓްރެސް ނާޖިހާ ބުނެފިއެވެ.

އޭނާ އެހެންބުނެފައިވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްއެއް މެދުވެރިކޮށެވެ. އޭނާ އިތުރަށް ވަނީ ޑްރާމާގެ ސަބަބުން އޭނާއަށް ހަނގާކުރުމުގެ ޝިކާރައަކަށްވެފައިވާކަމަށް ބުނެ ހަނގާކުރުމާ ދެކޮޅަށް އަޑު އުފުލާމީހުން ކޮބާތޯ ސުވާލު އުފައްދާފައެވެ.

ނާޖިހާގެ ސްޓޭޓަސްގައި އޭނާ ވަނީ އޭނާއަކީ އެކްޓްރެސްއެއްކަން ފާހަގަކޮށް ޓީވީން ޓެލެކާސްޓްކުރި މަންޒަރުތައް ކުޅެފައިވާގޮތް އިތުރަށް ތަފްސީލްކޮށް ކިޔާދީފައެވެ.

"އޯކޭ އަހަންނަކީ އެކްޓްރެސްއެއް އަހަރެން ވެސް ނުޖެހޭ އިސްލާމް ދީނުގެ މިންގަނޑާއި ހިލާފަށް ކުޅޭކަށް.އެވެސް ޤަބޫލުކުރަން" ނާޖިހާ ބުނެފައިވެއެވެ.

އޭނާ ވަނީ މަގުމަތުން އޭނާއަށް ވަނަމުން މީހުން ގޮވާކަމަށް ބުނެފައެވެ.

ނާޖިހާ ވަނީ މިފަދައިން ހަނގާކުރަމުން ދާއިރު އޭނާގެ އިންސާނީ ހައްޤު ކޮބާތޯ ސުވާލުއުފައްދާފައެވެ.

"މަވެސް މީ އިންސާނެއް. އެކަމް މިވަރު ވާކަށް ނުޖެހޭ. މައްސަލަ ބަލަމުން ދަނީ. އެކަމް ހުރިހާ ބްލޭމެއް އަންނަނީ މަގޭ ބޮލަށް" ނަޖީހާ ބުނެފައިވެއެވެ.

ސަންގުޓީވީން މިދިޔަ ބުރާސްފަތި ދުވަހު ދެއްކި ޑްރާމާއެއްގައި ހިމެނޭ އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.


މިމައްސަލާހައި އެތައްބައެއްގެ ފާޑުކިޔުން ސަންގުޓީވީއަށް އަމާޒުވެފައި ވީނަމަވެސް މިހާތަނަށްވެސް ސަންގުޓީވީން އެކަމަށް މަޢާފަށް އެދިފައިނުވެއެވެ. މިއާއެކު ބްރޯޑްކާސްޓީންގ ކޮމިޝަނުން ވަނީ މިކަމަށް ޖަވާބު ދާރީވުމަށް ސަންގު ޓީވީއަށް އަންގާފައެވެ.

ބްރޯޑް ކޮމްއިން ބުނެފައި ވަނީ އެ ޑްރާމާގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބެލެވޭ ކަމަށްބުނެފައެވެ.

ބްރޯޑްކޮމް އަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ސަންގު ޓީވީން އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ.

Advertisement

ކޮމެންޓް

Advertisement