މަރުވި އަވައްޓެރިޔާގެ 6000 ޕައުންޑް މީހަކު ޕިއްޒާއަށް ހޭދަކޮށްފި

14 Oct 2018 | 10:04

އިނގިރޭސި ވިލާތުގެ ބެލްފާސްޓުގައި މަރުވެފައިވާ އަވައްޓެރިޔާ ރައްކާ ކޮށްފައިވާ 6000 ޕައުންޑަށް މީހަކު ޕިއްޒާ ގަނެފިއެވެ.

24 އަހަރުގެ ރޮބަޓް ޝާކޭ މިކަން ކޮށްފައިވަނީ އޭނާގެ އަވައްޓެރިޔާ މަރުވުމުން އެކަން ރިޕޯޓް ނުކޮށް މަރުވިމީހާގެ ޑެބިޓް ކާޑު ބޭނުން ކޮށްގެންނެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ 68 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގަ ކަމަށެވެ.

މި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ބުނެފައިވަނީ ރޮބަޓް ކޮށްފައިވަނީ ވަރަށް ހީލަތްތެރި އަމަލުތަކެއް ކަމަށާއި މިއީ ލަދުގަންނަން ޖެހޭ ކަމެއް ކަމުގައެވެ. އަދި މަރުވި އަންހެނާ މުސްކުޅިވުމުގެ ފައިދާ ރޮބަޓް ނަގާފައިވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

2015 ވަނަ އަހަރު ރޮބަޓް އަށް އެ އަންހެން މީހާ މަރުވެފައި އޮތް ތަން ފެނުނު ކަމަށާއި މަރުވެފައިވާ އަންހެން މީހާގެ ބޭންކް ޑެބިޓް ކާޑުގެ މައުލޫމާތު ހިތު ދަސްކޮށް އޭގެ ބޭނުން ހިފިކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައިގަ ހައްޔަރު ކުރެވުނު ރޮބަޓްއަށް ވަނީ ދަށް ފެންވަރުގެ އަހުލާގީ އަމަލުތަކެއްގެ ސަބަބުން މީގެ ކުރިންވެސް ހުކުމެއް އިއްވާފައެވެ. މި ކަންތައްތައް ހިނގައި ދިޔައިރު އޭނާ ހުރީ ޕްރޮބޭޝަނުގައެވެ.

ކޮންމެ ދުވަހަކުހެން 9 އިންޗީގެ ޕެޕެރޯނީ ޕިއްޒާ އަކާއި ދެ ޖޫސް ދަޅު އޭނާގެ އެޕާޓްމެންޓަށް ޑެލިވަރ ކުރުމަށް އޯޑަރު ދީ ދެ އަހަރުތެރޭ އޭނާ ވަނީ 6000 ޕައުންޑުގެ ޕިއްޒާ ޑޮމިނޯސްއިން ގަނެފައެވެ. 

Advertisement

ކޮމެންޓް