އިންޑިއާ އާއި ގުޅުން ބަދަހިކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރުއެރުމެެއްނޫން: އީވާ

29 May 2019 | 16:44

އިންޑިއާ ކަހަލަ ޑިމޮކްރެޓިކް ޤައުމަކާ ގުޅުން ބަދަހިކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރުއެރުމެެއްނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އިންޑިއާގެ ބޮޑު ވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން ފާއިތުވި ފަސް އަހަރު އިންޑިއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިކަން ފާހަގަކުރައްވައި މިއީ ގުޅުން ރަނގަޅުކުރަން ޖެހިފައިވާ ވަގުތެއްކަން އީވަ ވިދާޅުވިއެވެ.

"600 މިލިއަނަށްވުރެ ގިނަ ވޯޓާއެކު އިންޑިއާގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މޯދީ ރާއްޖެވަޑައިގަތުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެެއް" އިވާ ވިދާޅުވިއެވެ.

މަޖިލިސްގެ ނައިބް ރައީސް ކަންވެސް ކުރައްވާ އީވާ ވިދާޅުވިގޮތުގައި އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާއަށް ފަހު އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި ދިވެހި ރާއްޖެއަށް އެރައްކާތެރިކަމުގައި ތިބެވެން އަންނަނީ އިންޑިއާ އަދި ލަންކާއެކު މަސައްކަތްކޮށްގެންކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ހިލޭއެހީގެ ދަށުން މިހާރުވެސް އަންނަނީ ރާއްޖޭގެ ސަލާމަތީ ކަންކަމަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތާއި ލ ޕޮލިސް އެކަޑަމީގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ މިއީ ރާއްޖޭގެ ސަލާމަތައް ނުކުރައްކަލެއްގޮތުގައި ފާހަގަކުރައްވައި ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި މިއީ އިންޑިއާގެ ބޭސްއެއް އެޅުމަށް ކުރަމުން އަންކަމެއްކަން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދެއެވެ.

Advertisement

ކޮމެންޓް