ޖޭޕީގެ ޕީޖީ ލީޑަރަކަށް ޤާސިމް، ޑެޕިއުޓީއަކަށް ކާނަލް ނާޒިމް

30 May 2019 | 05:19

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހަމަޖައްސައިފިއެވެ.

ގާސިމް އެ މަގާމަށް ހަމަޖެއްސީ ރޭ ބޭއްވި ޖޭޕީގެ ޕާލިމެންޓްރީ ގްރޫފްގެ ބައްދަލުވުމުގައެވެ.

ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް ހަމަޖެއްސިއިރު، އެ ޕާޓީގެ ޕީޖީ ގުރޫޕް ޑެޕިއުޓީ ލީޑަރު ކަމަށް ހަމަޖެއްސީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ގާސިމަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އައުމުގެ ކުރީން ވެސް އެ ޕާޓީގެ ޕީޖީ ލީޑަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް 18 ވަނަ މަޖިލިސް ނިމެނިކޮށް، މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާއެކު އެ މަގާމުން ގާސިމް ވަނީ އިސްތިއުފާދެއްވައިފައެވެ.

ގާސިމް އިސްތިއުފާދެއްވުމާއެކު ޖޭޕީގެ ޕީޖީ ލީޑަރަކަށް އައްޔަންކުރައްވާފައިވަނީ އޭރު ކިނބިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒެވެ.

ޤާސިމް އިބްރާހިމް އަދި ކާނަލް ރިޓަޔާޑް ނާޒިމް މި މަގާމުތަކަށް ގެނެސްފައިވަނީ ޕީޖީ ގްރޫޕްގެ އިއްތިފާގުންނެވެ.

މަޖިލީހުގައި ޖޭޕީ ތަމްސީލު ކުރައްވަން ތިއްބަވަނީ ފަސް މެމްބަރުންނެވެ.

Advertisement

ކޮމެންޓް