Advertisement

މާލޭގައި ދިރިއުޅޭ މީހުން ޕިކްނިކް ދިޔުމަށް ހަދާ ރަށުގެ ކުރެހުން ނިމިއްޖެ: ޕްލޭނިންގ މިނިސްޓްރީ

30 May 2019 | 15:11

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގައި އުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދާނެ ރަށެއް ހަމަޖެއްސުމުގެ ވައުދު ފުއްދުމަށް އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް ކުރެހުން ވަނީ ނިމިފައި ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެން އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މާލެ ކައިރިން ތައިލޭންޑްގެ ސިންހާ އެސްޓޭޓުން ހިއްކަމުންދާ އެނބޫދޫ ފަޅުން ރަށެއް، މާލެގައި ދިރިއުޅޭމީހުން ޕިކްނިކްދާ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސް ޞާލިހް ވަނީ ނިންމަވާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ ރައީސް ޞާލިހްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ހުޅުވުންކަމަށެވެ.

މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑް ހުޅުވާލާނީ ސާރުކާރަށް އެއް އަހަރު ވުމުންކަމަށެވެ.

މި ރަށުގެ ތަރައްގީކުރެވޭ އިރު ބާބަކިޔު ސަރަހައްދަކާއި، ކުޑަކުދިން ކުޅޭނެ ޕާކަކާ، ގެސްޓު ހައުސް ރޫމްތަކާއި، ކުޅިވަރު ކުޅޭނެ ފެސިލިޓީތައް ގާއިމް ކުރުމަށް ވަނީ ނިންމާާފައެވެ.

މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ކުރިން މާލޭގެ ރައްޔިތުން ޕިކްނިކް ދާންއޮތީ ކުޑަބަނޑޮހެވެ. ނަމަވެސް އެރަށުގައި މިހާރު ދަނީ މަލަހިިނި ކުޑަބަނޑޮސް ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.

Advertisement

ކޮމެންޓް

Advertisement