އިންސާފު ލަސްވުމަށްފަހު އިންސާފު ލިބިއްޖެ: ޔާމީން

30 May 2019 | 15:15

އިންސާފު ލިިބުން ލަސްވުމަށްފަހު އިންސާފު ލިބިއްޖެކަމަށް ވެލިދޫ ދާާއިރާާގެ ކުރީގެ މެންބަރ އަދި އެމްޓީޑީގެ ނައިބު ރައީސް، ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާާމީން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިިނިވަންވެއްޖެ ކަމަށާއި، އިންސާފު ލިބުން ލަސްވުމަށްފަހު އިންސާފު ލިބިއްޖެކަމަށެވެ.

ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރުމުން، އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ވަނީ ސަލާމަތްވެ މިނިވަންވެފައެވެ.

Advertisement

ކޮމެންޓް