MP Nazil
 ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް l ފޮޓޯ: މަޖިލިސް

މެންބަރު ނާޒިލް މަޖިލީހުގެ ތެރޭގައި ކުރިމަތި ފަރާތް ދައްކައިފި

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި
Share on facebook
Share on twitter
Share on telegram
Share on whatsapp

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީސްގައި ކުރިމަތި ފަރާތް ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވޮއިސް" އަށް ވިދާޅުވީ، މިކަން ހިނގާ އިއްޔެ ކަމަށާއި، މިކަން ހިނގީ މަޖިލީހުގެ ތަޅުމުގައި ނޫން ކަމަށާއި އެކަން ހިނގީ ސައި ކޮޓަރި ކައިރީ ކަމަށެވެ.

އެ މެންބަރު ވިދާޅުވީ، ނާޒިލް ކުރިމަތި ފަރާތް ދެއްކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ދެއްކުމަށް ކަމަށާއި ކުރިމަތިމަތި ފަރާތް ދެއްކުމަށްފަހު "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވި ކަމަށެވެ.

ނަމަވެސް، އަސްލަމް އެދިމާ ނުބައްލަވާ ހިނގަވާފައި ވަޑައިގެންނެވީ ކަމަށް ވޮއިސްއަށް މަޢުލޫމާތު ދިން މެންބަރު ވިދާޅުވިއެވެ.

މިވެސް ކިޔާލާ:

އެނގިފައިވާގޮތުން މެންބަރު ނާޒިލް ކުރިމަތި ފަރާތް މަޖިލީސް އިދާރާގެ ތެރޭގައި ދެއްކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ހިނގި ޒުވާބަކަށް ފަހުއެވެ.

އެމްޑީޕީ އެތެރޭގެ ތިންތިޚާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައި ވެއެވެ. އަދި އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށް އޭނާވަނީ ތުޙުމަތު ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ އިދާރާއަށް ނާޒިލްގެ ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން "ވޮއިސް" އަށް ވިދާޅުވީ، މެންބަރެއްގެ މައްސަލައެއް އެހެން މެންބަރަކު މަޖިލީހަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މެންބަރުންނާއި ގުޅޭގޮތުން އެފަދައިން ހުށަހެޅޭ މައްސަލަތައް ބަލަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

50%16%33%

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިކަހަލަ ހުތުރުގުނަވަންތަކުގެ ވަަހަކައާއި ހުތުރުބަސްތައް ނޫސްތަކުގައި އާއްމުކޮށް ލިޔުމަކީ ނިހާޔަތަށް ހުތުރުކަމެއް މުސްލިމުޤައުމެއްގައި ކުރެވިގެންވާނޭކަމެއްވެސްނޫނެވެ

  2. ޢިއްޒަތްތެރި މެންބުރުންގެ ޢިއްޒަތްތެރިކަން މިފަދަ ދަށު ދަރަޖާގެ ޢަމަލްތަކުން ވަރައްބޮޑަށް ހާމަވެ

  3. މިހެންވެ އަހަރެމެން މިގޮވަނީ އެންޑީއޭ ހަރުދަނާކޮށް ތަފާތު ފަރުވާތައް ތައާރަފް ކުރާށޭ. ވީއައިޕީ ފަރުވާ ބޭނުންވާ ވީއައިޕީން އުޅޭ، އެއީ ހަގީގަތެއް. ދެންވެސް ލަސްނުކޮށް ކާށިދޫ ދާއިރާއަށްވެެސް އާ ފަރުވާއެއް ތައާރަފް ކުރުން ބުއްދިވެރި

ހިޔާލު ދެއްވާ!

Your email address will not be published.