އެބްސްލޫޓް ފިޓްނެސްއާއި އެކު ރޯދަ ނިންމާފަ ހިކެން ތައްޔާރުވޭ!

01 Jun 2019 | 17:41

ރޯދަމަހަކީ އަޅުކަމާއި ތަގުވާވެރިކަމުގައި މަސްއޫލުވެ އުޅެން ޖެހޭ މައްސަރުކަމުގައިވިޔަސް، ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ރޯދައަކީ ލައްކަ ގިނައިން ކެއުމުގެ ކަންކަމުގައިވެސް ހަރަކާތްތެރިވެވޭ ދުވަސްވަރެކެވެ. އެގޮތުން މިފަދައިން ކެވޭ ގިނަ ކާާއެއްޗިއްސަކީ ސިއްހަަތަށް އޭގެ ނުރަނގަޅު އަސަރު ކުރާ ފަަދަ ބާާވަތްތަކެވެ.

ރޯދަމަހުގައި ބާކީ އޮތީ މަދު ދުވަސްކޮޅަކަށް ވިޔަސް އެހެންކަމުން ކެއުމަށް ބަަލައިގެން އުޅޭށެވެ.

ނަމަވެސް ރޯދައިގެ ކުރީކޮޅު ގައިގައި ޖަހާލި މަސްކޮޅު ވިރުވާލައި، ފިޓުކޮށް ހުންނަން ގިނަ ފަރާތްތަކުން ބޭނުންވާނެ ދޯއެވެ. އެފަަދަ ފަރާތްތަކަށް މިއޮތީ ރަނގަޅު ފުރުސަތެކެެވެ. އެބްސްލޫޓް ފިޓްނެސްއިން އިންތިޒާމުކޮށްގެން ބާއްވާ ޚާއްސަ ފިޓްނެސް ޕްރޮގްރާމެކެވެ.

މީގެ ކުރިންވެސް ޑްރީމް ފިޓްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް ރަޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިޕްރޮގްރާމަށް ރަޖިސްޓަރ ވުމުގެ އެންމެ ފަހުގެ ތާރީޚަކީ 8 ޖޫން ވާ ދުވަހެވެ.

އެބްސްލޫޓް ފިޓްނަސްގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އެފަރާތުގެ ހޮޓްލައިން ނަންބަރ 7557773 ނުވަތަ 7681164 އަށް ގުޅައިގެން ނަންނޯޓު ކުރެއްވޭނެއެވެ. މީގެ އިތުރުންވެސް އެބްސްލޫޓް ފިޓްނެސްގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންވެސް މި ޚިދުމަތް ލިބޭނެއެވެ.

Advertisement

ކޮމެންޓް