ގިނަ އަދަދެއްގެ ރަށްރަށުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމައިފި

14 Sep 2018 | 20:05

ގިނަ އަދަދެއްގެ ރަށްރަށުން ގޯތި ދޫކުރުމަށް ނިންމާ، ގޯތިތަކަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލައިފި އެވެ.

ގިނަ އަހަރުތަކަކަށްފަހު ގޯތި ދޫކުރުމަށް ހުޅުވާލާފައިވަނީ ހދ. ހަނިމާދޫއިން 200 ގޯއްޗާއި، ހދ. ކުޅުދުއްފުށިން 80 ގޯއްޗާއި، ކ. ތުލުސްދޫއިން 85 ގޯއްޗާއި، ކ. މާފުށިން 100 ގޯއްޗާއި، ގދ. ތިނަދޫއިން 150 ގޯއްޗާއި، ކ. ހިންމަފުށިން 70 ގޯއްޗާއި، ދ. މީދޫއިން 200 ގޯތި އަދި ލ. ގަމުން 400 ގޯއްޗެވެ.

ރަށްރަށުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ޝަރުތުތަކުގެ ތެރޭގައި އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތް މީހަކަށްވުން ހިމެނެ އެވެ.

އަދި މީގެ އިތުރުން ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

Advertisement

ކޮމެންޓް

Advertisement