Advertisement

ލ.ހިތަދޫގެ ނިޔަމެތި އާއިލާއަށް މިއަންނަނީ އެހީ ވަމުން: ޖެންޑާރ

01 Jun 2019 | 18:06

އޭޑިކޭ ޖެނެރަލް ޓްރޭޑިންގްއިން އިއްޔެ އާންމު ކުރި ވީޑިޔޯގައި ފެންނަ ލ.ހިތަދޫގެ ނިކަމެތި އާއިލާގެ އަންހެންމީހާއަށް ކައުންސެލިންގް ދިނުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ޖެންޑަރ މިނިސްްޓްރީން ބުނެފިއެވެ.

މިއާއިލާގެ މައުލޫމާތު ޖެންޑާއަށް މީގެކުރިން ލިބިފައިވޭތޯ ވޮއިސްއިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަންހެންމީހާއާއި އެ އާއިލާގެ މައްސަލައަކީ މިނިސްޓްރީން ބަލަމުން އަންނަ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

މިހާރުވެސް އެ އާއިލާއަށް އެހީވުމުގައި ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެއާއިލާއަށް އެކިފަހަރު މަތިން އެކިފަރާތްތަކުން ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށާއި ނަމަވެސް އެ އެހީތެރިކަން އެފަރާތުން ދެމެހެއްޓުމުގައި މައްސަލަ ދިމާވާކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެ ކުދިން ބެލުމުގައިވެސް މައްސަލަ ހުރިކަން މިނިސްޓްރީގެ ޓީމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެކުދިންގެ މަންމައަށް ކައުންސެލިންގް ދިނުމުގެ މަސައްކަތް ކުރަމުންއަންކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެެވެ. މީގެ އިތުރުން އެކުދިންގެ ކަންކަންވެސް މިނިސްޓަރީން ވަރަށް ގާތުން ބަލަމުންއަންކަމަށް އޭނާ ވިދާޅުވިއެވެ.

މި ވިީޑިއޯ ސޯޝަލް މީޑިއާގައި ޢާއްމުވުމާއެކު ގިނަ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ. މިފަދަގޮތަކަށް އާއިލާއެއް ދިރިއުޅެމުން ގެންދާއިރު ސަރުކާރުގެ މުއައްސަސާތައް ކޮބައިތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

ކޮމެންޓް