އާދައިގެ މިހާ ގަންހިންގާފައި ކޮރަޕްސަންގެ ތުހުމަތު ކުރެވުނު ސިޔާސީ މީހާ މިނިވަންކަން މަތީގައި

02 Jun 2019 | 09:22

ފަހަކަށް އައިސް ތަފާތު ކުދިވައްކަން ކުރަމުންދާ މީހުން، ރައްޔިތުން ނިކުމެ ގަންހިންގުމުގެ އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުގައި އިތުރުވަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވައްކަން ކުރުން އިތުރުވަމުން އަންނަކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ވައްކަންކުރާ މީހުންނަށް އަދަބު ނުދެވުމުގެ ޝަކުވާތަކަކީ އަބަދުވެސް ރައްޔިތުންގެ ޝަކުވާއަކަށް ވެފައިވާ ކަމެކެވެ. ފަހަކަށް އައިސް ކުށްކުރާ މީހުންނަށް ރައްޔިތުން ނިކުމެ އަދަބު ދޭން އުޅުމަކީ ވަރަށް ގިނައިން ކުރާކަމެކެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިންވެސް ވަނީ ރައްޔިތުން ނިކުމެ ކުށްވެރިންނަށް އަދަބު ނުދިނުމަށް ގޮވާލާފައެވެ. ރާއްޖޭގެ ފުންނާބުއުސް ބައެއް ބޭފުޅުންވާނީ ރައްޔިތުން ނިކުމެ ކުށްވެރިން ގަންހިގުމަކީ ކުރެވިގެންވާނެ ކަމެށްނޫންކަމަށް ވިދާޅުވަމުންނެވެ. އަދި ގަންހިންގަން ފެށުން ވެގެންދާނީ ނުބައި ކަމެއްގެ ފެށުމަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހަފުތާގައިވެސް މިވަނީ މާލޭގައި ފެންފުޅިތަކެށް ވަގަށް ނެގި މިހަކު ގަންހިންގާ ސޯސަލް މީޑިއާގައި އާޢްމުކޮށްފައެވެ. ކުރިންފަހަރު ތަކާއި ހިލާފަށް މިފަހަރު ސޯސަލް މިޑިއާގައި ކުރެވުނު ކޮމެންޓްސް ތަފާތެވެ.

ފެސްބުކްގައި ބައެއްރައްޔިތުން ވަނީ އާދައިގެ މިހާ ގަންހިންގާފައި ކޮރަޕްސަންގެ ތުހުމަތު ކުރެވުނު ސިޔާސީ މީހުން މިނިވަންކަން މަތީގަ ތިބުމަކީ އިންސާފުތޯ ސުވާލު އުފައްދާފައެވެ.

"އެންމެ 50 ރުފިޔާއަށް ދޭ ފެންކޭސް ނެގީމަ ގަންހިންގަންވީ، ކޮބާ ދައުލަތުން ގެއްލުނު ބިލިއަން ރުފިޔާ ނެގިމީހުން؟"

"ކޮބާ ކޮރަޕްސަންގެ ވާހަކަ ދެއްކި ސިޔާސީ މީހުން؟ ހަމަ އެކަނި ފެންނަނީ ނިކަމެތި މީހާތަ ؟"

ރައްޔިތުން ނިކުމެ ވައްކަންކުރާ މީހުން ގަންހިންގަމުން ދާއިރު ދައުލަތުން ގެއްލުނު އެތަށް ބިލިޔަން ރުފިޔާގައި ޖެހުނު މީހުން މިންވަންކަން މަތީ ތިބޭތީ އާޢްމު ރަށްޔިތުންގެ ކަންބޮޑުވުންތަށް ދަނީ ސޯސަލް މީޑިއާގައި ފަހަކަށް އައިސް ފާޅުކުރަމުންނެވެ. 

Advertisement

ކޮމެންޓް