ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް އިތުބާރު އަލުން ގާއިމް ކުރަން ޖެހޭ: ދުންޔާ

14 Oct 2018 | 19:10

މައުމޫނު އަބްދުލް ގަައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް އިތުބާރު އަލުން ގާއިމް ކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

ދުންޔާ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސްވަރާޖާއި ބައްދަލު ކުރެއްވިކަމަށާއި ރައީސްް މައުމޫނުގެ ދައުރުގައި އިންޑިއާއާ ގާތްގުޅުމެއްގާއިމް ކުރެވިފައިވާ ކަމަށާއި އެ އިތުބާރު އަލުން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުންވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައވެ.

ރިޔާސީ އިންތިހާބައްފަހު ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލެވުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވާފައެވެ. އަދި އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު އިންޑިއާއިން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާފައެވެ.

Advertisement

ކޮމެންޓް