Advertisement

މާލޭގައި ކުޑަކުއްޖަކަށް ޖިންްސީ ގޯނާ ކުރަން އުޅުނު މީހަކަށް ހަމަލާދީފި

02 Jun 2019 | 16:46

ރޭގެ ވަގުތެއްގައި މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ފިރިހެނަކަށް ބަޔަކު ހަމަލާދީފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ގްރޫޕަކުން ވަނީ ރޭ 11:30 ހާއިރު މި ފިރިހެން މީހާއަށް ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ މާބްލް ހޮޓެލް ކައިރިން ހަމަލާދީފައެވެ.

އެމީހާ ގައިގައި ގިނަބަޔަކު ތަޅަމުން ދިޔައިރު، އެކަން ހުއްޓުވުމަށް ބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

މީޑިޔާތަކަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 11:50 ހާއިރު މާލެ ސިޓީގައި ކުޑަ ކުއްޖަކާއި މެދު ބަދު އަޚްލާގީ އަމަލު ހިންގަން އުޅުނުކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރެވެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް