Advertisement

އަދީބުގެ މައްސަލަތައް އަލުން ނުބެލީ ތަހުގީގު ބާތިލްވުމުން: ކްރިމިނަލް ކޯޓު

02 Jun 2019 | 17:07

ހައިކޯޓުގެ ކޯޓުގެ އަމުރާއި އެއްގޮތަށް، ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލަ ފަދަ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އަލުން ޝަރީއަތް ނުކުރީ އެ މައްސަލައިގެ ތަހުގީގު ބާތިލްވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެކޯޓުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގެ ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ހައިކޯޓުން ވާސިލްވެފައިވާއިރު، އެއީ ކުރިމިނަލް ކޯޓުން ތަބާވާން ޖެހޭނެ ކަނޑައެޅުމެއް ކަމަށެވެ.

ހައިކޯޓުގެ އަމުރުގައި އެގޮތަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ މައްޗަށް ރިއާޔަތްކޮށެވެ.

ކްރިމިނަލް ކޯޓުން ބުނީ ހަމަ އެ ތަހުގީގުތަކުގެ މައްޗަށް އަލުން ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގުން ވެގެންދާނީ ބާތިލް ތަހުގީގެއްގެ މައްޗަށް ހިންގޭ ޝަރީއަތަކަށް ކަމަށެވެ.

އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ޝަރީއަތްތައްވެސް ބާތިލްވުންކަމަށް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްސަލަތައް ނުބަލައި އަނބުރާ ޕީޖީއަށް ފޮނުވާލަން ނިންމާފައެވެ.

Advertisement

ކޮމެންޓް