Advertisement

ޝެއިޚް އާދަމް ޝަމީމް ޓްވިޓާއަށް

14 Oct 2018 | 16:39

ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް އިންޑިއާގެ އިމިގްރޭޝަން ގައި 30 ގަޑި އިރަށް ވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު ރޭ ރާއްޖެ އަށް ވަޑައިގަތުމަށް ފަހު ޓްވިޓާއަށް ގުޅިވަޑައިގެންފިއެވެ.

ރާއްޖޭގެ ރައީސުން ފެށިގެން ހުރިހާ ގިންތިއެއްގެ ސިޔާސީ، ދީނީ އަދި އިޖުތިމާއި އެތައްބައެއް ހިޔާލު ފާޅުކުރަމުން އަންނަ މި ޕްލެޓް ފޯމަށް ޝަމީމް ގުޅިވަޑައިގަތީ އޭނާ އިންޑިއާގެ އިމިގްރޭޝަންގައި ހިފެހެއްޓުމާއި ގުޅިގެން އެތައްބައެއް އޭނާއަށް ނިސްބަތްކޮށް ހަދާފައިވާ ފޭކް އެކުންޓްތައް މެދުވެރިކޮށް ހިތްވަރު ދިނުމުގެ ޝުއޫރު ފާޅުކުރަމުން ދާދަނޑިވަޅެއްގައި ކަންފާހަގަކޮށްލަން ޖެހެއެވެ.

ޝަމީމް އެނބުރި ރާއްޖެ އަށް ވަޑައިގަނތުމަށް ފަހު ޝަމީމް ކުރެއްވި ޓްވީޓް ގައި ވިދާޅުވީ 30 ގަޑި އިރަށް ވުރެ ގިނަ ވަގުތު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބޭންދެވި ކަމަށާއި އެއީ ކީއްވެކަމެއް ނޭގޭ ކަމަށެވެ. ނަމަވެސް ތައުލީމީ ހަޔާތާއި ވަޒީފާގެ ދާއިރާއާ ގުޅޭ ގޮތުން އޮފިޝަލުން ބައެއް ސުވާލުތައް ކުރިކަމުގަ އެވެ.

ޝަމީމް އިންޑިއާއަށް ވަޑައިގަތީ އިތުރު ބައެއް ބޭފުޅުންގެ އަރިހުގައިއެވެ. ނަމެވެސް ވަޑައިގެންނެވި އެހެން ބޭފުޅުންނަށް އިންޑިއާ އަށް އެތެރެވުމަށް ހުއްދަ ދިންކަމައްވެއެވެ.

ރިޔާސީ އިންތިހާބައްފަހު ސިޔާސީ މަޝަރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ޝަމީމް ހިފެހެއްޓުމާ ގުޅިގެން ސިޔާސީ ބައެއް ބޭފުޅުންގެ ތެރޭގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީބަދަލުކުރަމުންނެވެ.

Advertisement

ކޮމެންޓް