މަޖިލިސް19 ތަފާތުވަނީ މެންބަރުންވެސް ތަފާތުވީމަ: ނިޔާޒް

03 Jun 2019 | 01:32

19ވަނަ ރައްޔިތުންގެ މަޖިލީސް ތަފާތުވަނީ އެ މަޖިލީހުގެ މެންބަރުންވެސް ތަފާތުވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވީ އެބޭފުޅާގެ އޮފީހެއް މިރޭ ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިއީ މީގެ ހަމަސްކުރިން އެމްޑީޕީގެ ޕްރައިމަރީގައި އޮފީހެއް ހުޅުވުމަށް ދެއްކި ވާހަކަތައް ހަގީގަތަކަށް ވެގެންދިއުންކަމަށެވެ. އެގޮތުން ރައްޔިތުންގެ އެންެމެ ބޮޑު ޝަކުވާއަކީ ކުރީގެ މެންބަރ ރައްޔިތުންނާއި ބައްދަލުނުކޮށް، ޝަކުވާތަކަށް ހައްލުވެސް ނުގެނެސްދިނުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މަޖިލިސް 19ތަފާތުވަނީ އެތަނުގެ މެންބަރުންވެސް ތަފާތުވުމުންކަމަށެވެ. އަދި އެމްޑީޕީން ހުށައަޅާފައިވާ މެނިފެސްޓޯއަކީ ތަފާތު މެނިފެސްޓޯއެއްކަމަށް ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ މެންބަރުން ތަފާތު ދެއްކުމަށް ކުރަންވީކަމަކީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް އަޑުއެހުން"، ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވަނީ ހުޅުމާލޭގެ މާރުކޭޓްގެ ގޮޅިތައް ބެހުން އިންސާފުން ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ފާާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް