Advertisement

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އޮފީސްތައް މުޅި ރާއްޖޭގައި ހުޅުވަނީ

04 Jun 2019 | 22:13

އެމްޑީޕީއަށް ނިސްބަތްވާާ ރައްޔިތުންގެ މަޖިިލީހުގެ މެންބަރުންގެ އޮފީސްތައް މުޅި ދިވެހިރާއްޖޭގައި ހުޅުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ ދާއިރާގެ މެންބަރ އަލީ ނިޔާޒުގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ19ގެ ބޭނުމަކީ ރައްޔިތުން ނަޒާހަތްތެރިވުން ކަމަށާއި މެންބަރުންގެ ގާތަށް ރައްޔިތުން ދިއުންކަމަށެވެ. އެގޮތުން ހުޅުމާލޭ ދާއިރާގެ މެންބަރ ނިޔާޒް އެ ފެއްޓެވީ ސިލްސިލާއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީީޕީގެ މަޖިލިސް މެންބަރުންގެ އޮފީސްތައް މުޅި ރާއްޖޭގައި ގާއިމްކުރެވޭނެކަމަށް ރައީސް ނަޝީދު މިރޭ ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލިސް އޮފީސް ހިންގުމުގެ ގަވާއިދެއް އެކުލަވާލަމުން އަންނަ ކަމަށާއި، އެގަވާއިދުގެެ ތެރެއަށް މެންބަރުންގެ އޮފީސްތައް ހިންގުމުގެ ގަވާއިދުވެސް ލާނެކަމަށެވެ.

އަދި މީގެ އިތުރުން ރަށު ކައުންސިލްތަކުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ދާއިރާގެ މެންބަރަށް އެހީތެރިވެދެއްވުން ހިމެނިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް