މާރުކޭޓް ގޮޅިތަކުގެ މައްސަލައިގައި މަސައްކަތްކުރީ އެންމެންނަށް ފައިދާ ހޯދައިދޭން: ނިޔާޒު

11 Jun 2019 | 22:04

ހުޅުމާލޭގެ ރަށު މާރުކޭޓްގެ ގޮޅިތައް ބެހުމުގެ މައްސަލައިގައި މަސައްކަތްކުރީ އެންމެންނަށް ފައިދާވާނެ ގޮތަކަށް އެކަން ކުރުމަށްކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒުގެ ހުޅުމާލޭ ދާއިރާގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާާހަކަފުުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ ކުރީގައި މާރުކޭޓްގެ ގޮޅިތައް ދޫކުރީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށާއި އެކަމުގެ ޝަކުވާގެ މެސެޖް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެ ގޮޅިތައް ދޫކުރުމުގެ ކަންކަމުގެ ތެރެއަށް ސީދާ ނުވަނުމަށް ސަރުކާރުގެ އިދާރާތަކާއި އެޗްޑީސީގެ ކިބައިން މިފަހަރު އެދުނުކަމަށް ނިޔާޒް ހާމަކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ގޮޅިތައް ދޫކުރީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެތަން ދޭ އުސޫލާއި ބެހޭގޮތުން އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީސީގައި އެކިފަަހަރު އެދިގެން އެތަނުގެ ފުޑްކޯޓު ކުއްޔަށް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެެނެވިފައިވާ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އަބަދުވެސް ފަރުދުންގެ ދިފާއުގައި މަސައްކަތް ކުރައްވާނެކަމަށާއި ނަމަވެސް ވަކިވަކި ފަރުދުންގެ ކަންކަަމަށްވުރެ އެންމެންނަށް ފައިދާވާނެ ކަންކަން އިސްކުރާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް