އިންނަމާދޫ ބަނދަރުގެ ފޮޓޯއަކާއި އެކު ބޮޑު ބަހުސެއް!

09 Jun 2019 | 12:49

ރ.އިންނަމާދޫ ބަނދަރުގެ މަތިން ނަގާފައިވާ ފޮޓޯއަކާއި އެކު ބަނދަރުގެ ހާާލަތާއި މެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް، ބަހުސްކުރަން ފަށައިފިއެވެ.

މީސްމީޑިޔާގެ ވަސީލަތެއް ކަމުގައިވާ ފޭސްބުކްގައި މަގުބޫލު ޕޭޖެއްކަމުގައިވާ ލޮޖިކަލް މޯލްޑިވިއަންއިން ކުރި މި ޕޯސްްޓްގައި ދައްކާގޮތުގައި އިންނަމާދޫގެ ބަނދަރުތެރެ އެއްކޮށް ވަނީ ކަޅުފެހި ކުލަޔަކަށް ބަދަލުވެފައެވެ.

މިކަމުގެ ސަބަބަކީ ކޮބައިތޯ ޕޭޖުން ސުވާލުކުރުމުން ގިނަބަޔަކު ވަނީ އެފަރާތްތަކުން މިކަމުގެ ސަބަބެއްގެ ގޮތުގައި ދެކޭގޮތް ހާމަކޮށްފައެވެ.

ގިނަ ފަރާތްތަކުން ބުނިގޮތުގައި އިންނަމާދޫގެ ބަަނދަރުތެރެ ކަޅުފެހިވެފައިވަނީ ނަރުދަމާގެ ނިޒާމުގެ މައްސަލަ ޖެހިގެންނެވެ. އަނެއްބައި ފަރާތްތަކުން ބުނިގޮތުގައި އެ ފޮޓޯއިން އެ ފެންނަނީ ބަނދަރުން ރަނގަޅަށް އޮއެ ނުދެމޭތީ މޫދުވިނަ ފަޅާފައިވާ ތަނެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ލޮޖިކަލް މޯލްްޑިވިއަންގެ މި ޕޯސްޓަށް އެ ބަނދަރުތެރެ ހަޑިވެދާނެކަމުގެ ހެއްވާ މަޖާ އެތަކެއް ސަބަބުތަކެއް ބުނެފައެވެ. އެގޮތުން ފަހަރެއްގައި އެއީ މުށިމަސް އައިނަކަށް ވެދާނެކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯދި ތެޔޮވަޅަކަށްވެސް ވެދާނެކަަމަށް ވަނީ ބުނެފައެވެ.

ރޯދައިގެ ކުރިން ފެށިގެން ރ.އިންނަމާދޫ ބަނދަރުގެ ހާލަތު އޮތީ މިގޮތަށް ކަމަށް ގިނަފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް