ވިހިހާސް ރުފިޔާގެ ފެންކުޅި މުބާރާތާއެކު ލަޔާއިން ބޭއްވި ޢީދު ކުޅިވަރު ނިންމާލައިފި

05 Jun 2019 | 14:11

 ހުޅުމާލެގައި ހިންގަމުން އަންނަ ކެފޭ ލަޔާއިން ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ޢީދު ކުޅިވަޅު އަގުބޮޑެ އިންތަކާއެކު ބާއްވައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ލަޔާ ކެފޭއިން ބުނެފައިވަނީ މިއީ ކޮންމެ ޢީދަކާއި ގުޅިގެން އެކެފޭއިން ބާއްވަމުން އަންނަ މުބާރާތެއްކަމާއި، މިއީ ޒުވާނުންނަށް ޙާއްސަކޮށް ބާއްވާ އިވެންޓެއްކަމަށް މައުލޫމާތުދިނެވެ.

މިއަދު ހެނދުނު 10:30 ގައި މި އިވެންޓް ފައްޓަވައި ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްއެވެ. އެގޮތުން މި ހަރަކާތްފެށުމުގެ ގޮތުން ވަނީ ނިޔާޒް ގައިކޮޅަށް ފެންޖަހާފައެވެ.

މިއަދު ކުރިއަށް ދިޔަ ފެންކުޅި މުބާރާތަކީ ބޮޑެތި ފައިސާގެ އިނާމް ހުށަހެޅިފައިވާ މުބާރާތެއްކަން މި ހަރަކާތް އިންތިޒާމް ކުރި ލައިރޭ ކެފޭއިން މައުލޫމާތު ދިނެވެ.

އެގޮތުން ފެންކުޅި އެއްވަނަ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ދެވަނައަށް ދާފަރާތަކަށް 10،000 ރުފިޔާ ވަނީ ދީފައެވެ.

ފެންކުޅީގެ އިތުރުން ވާދެމުމާއި ކެނޯ މުބާރާތެއްވެސް މިއަދު ވަނީ ގެންގޮސްފައެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތް ނިންމާލާފައިވަނީ 5:30 އަށެވެ. މިއިވެންޓުގައި ވަނީ ގިނައަދަދެއްގެ ޒުވާނުން ބައިވެރިވެފައެވެ.

Advertisement

ކޮމެންޓް

Advertisement