ތަފާތު އެއާލައިން ތަފާތު ޢީދު ހަދިޔާއެއް!

04 Jun 2019 | 23:44

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަގުބޫލުކަން ހޯދަމުންދާ މަންޓާ އެއާއިން، ޢީދު ދުވަހުގެ މުނާސަބަތުގައި ފަސިންޖަރުންނަށް ތަފާތު ޢީދު ހަދިޔާއެއް އަރުވައިފިއެވެ.

މަންޓާ އެއާލައިން "ވޮއިސް"އަށް މައުލޫމާތު ދިންގޮތުގައި މިއަދު ހެނދުނާއި މެންދުރު ދަތުރު ކުރި ހުރިހާ ފަސިންޖަރުންނަށް ވަނީ ޢީދު ހަދިޔާއެއްގޮތުން ހަދިޔާއެއް އަރުވާފައެވެ.

"ތަފާތު އެއާލައިނެއް، ތަފާތު ހަދިޔާއެއް ފަސިންޖަރުންނަށް. މިއީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ތައްޔާރުކޮށް ފަސިންޖަރުންނަށް ފޯރުކޮށްދިން ހަދިޔާއެއް،" އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާލައިން ފާހަގަކުރެވިފައިވަނީ ކަސްޓަމަރުންނާއި ވަރަށް ގާތްގޮތަކަށް ހިދުމަތް ދެމުންއަންނަ އެއާލައިންއެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މަންޓާއިން އެ އެއާލައިންގެ މަތިންދާބޯޓުތަކުން ވަޑައިގަންނަވާ ފަސިންޖަރުންނަށް އިންފްލައިޓް ކެއުމެއްގޮތުގައި ދެމުންގެންދަނީ ސިއްހަތަށް ފައިދާހުރި ފެހި އާފަލެކެވެ. މިއީވެސް މަންޓާއިން ކަސްޓަމަރުންގެ ހިޔާލު ހޯދުމަށްފަހު ވަރަށް ތަފާތުކޮށް ކުރަމުން އަންނަކަމެކެވެ.

މިއަދު ފަސިންޖަރުންނަށް ދެވިފައިވާ ޢީދު ހަދިޔާ ޕެކްކޮށްފައިވަނީ މަންޓާގެ މުވަޒަފުންކަންވެސް އެއެއާލައިނުން މައުލޫމާތުދެއްވައެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ. ކުޑަހުވަދޫ އެއަރޕޯޓުގެ އިތުރުން ބ. ދަރަވަންދޫ އެއާޕޯޓަށެވެ.

Advertisement

ކޮމެންޓް