އަންހެނުން އެމީހުންގެ ފިރިންނަށް ވުރެ ބެސްޓް ފްރެންޑްސްއާއި މާ ގާތް

14 Oct 2018 | 18:47

ކައިވެނިކުރުމަކީ ގިނަ މީހުންނަށް ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހެވެ. ސަބަބަކީ އުމުރުގައި ބާކީ އޮތް ދުވަސަތައް ހޭދަކޮށްލުމަށް ބޭނުންވާ ބައިވެރިޔާ ލިބުމެވެ.

ނަމަވެސް ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި އަންހެނުން އެމީހުންގެ ގިނަ ވަގުތު ހޭދަކޮށްލުމަށް ބޭނުންވަނީ އެމީހުންގެ އެންމެ ގާތް ރަހުމަތްތެރިންނާއި އެކުގައެވެ.

އިނގިރޭސިވިލާތުގެ ޝާންޕްނީސް ހެލްތް އެންޑް ސްޕާއިން ކުރި މި ދިރާސާގައި ބައިވެރިވި 50 އިންސައްތަ އަށްވުރެ ގިނަ އަންހެނުން އެމީހުންގެ ފިރިމީހާއާއި އެކު ވަގުތު ހޭދަ ކޮށްލުމުގެ ބަދަލުގައި ބޭނުންވަނީ އެންމެ ގާތް ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަ ކޮށްލުމަށް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފިރިމީހާ ސަމާލުކަން ނުދޭ ވަރަށް ގާތް ރަހުމަތްތެރިން އަންހެންމީހާ ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭ ކަމަށާއި ބޭނުން ވާހަކައެއް ދައްކާލެވުމުގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިންނާއެކު ހޭދަ ކުރާ ވަގުތުތައް މާ މަޖާކަމަށް ވެސް މި ދިރާސާގަ ބައިވެރިވި އަންހެނުން ބުނެފައިވެއެވެ.

މި ދިރާސާ ކޮށްފައިވަނީ އަންހެނުން އެތަނަކަށް ގޮސް އާންމު ގޮތެއްގައި އެމީހުންގެ އުދާސްތައް ބަންޑުން ކޮށްލާ ސްޕާ އަކުން ކަމުގައި ވުމުން މިއީ ވަރަށް ހަގީގަތާއި ގާތް ދިރާސާ އެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

Advertisement

ކޮމެންޓް