އައްޑޫގެ ތަރައްގީގެ ބިޔަ މަޝްރޫއުއަށް އިންޑިޔާއިން އެހީވަނީ

07 Jun 2019 | 06:24

މިސަރުކާރުން ހިންގުމަށް ރާާވާފައިވާ އައްޑޫސިޓީގެ ތަރައްގީގެ ބިޔަ މަޝްރޫއުއަށް އެހީވުމަށް އިންޑިޔާގެ ސަރުކާރުން ނިންމައިފިއެެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވުމަށް ހަަމަޖެހިފައިވާ ދަތުރުފުޅުގައި ވަރަށް މުހިންމު ދެ މަޝްރޫއު އިފްތިތާހު ކުރައްވާނެކަމަށެވެ.

އެގޮތުން އެބޭފުޅާއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގައި ގާއިމްކުރެވިފައިވާ ކޯސްޓަލް ސަވައިލެންސް ރާޑަރ ސިސްޓަމާއި އަދި އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޑިފެންސް ޓްރެއިނިންގް ސެންޓަރެއް އިފްތިތާހުކޮށްދެއްވާނެކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

މި ދެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 180 ކްރޯޑަށް އަަރައެވެ.

ރާއްޖެއަށް އިންޑިޔާއިން ދޫކުރި 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިޝާރާާތްކުރައްވަމުން އެބޭފުޅާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ މުހިންމު ތިން މަޝްރޫއުއެއް ކަނޑައެޅިފައިވާނެކަމަށެވެ. އެގޮތުން ފޮރިން ސެކްެރެޓަރީ ވަނީ 36 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އައްޑޫ އާރބަން ޑިވެލޮޕްމެންޓާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަޝްރޫއުތައް ހިންގޭނެކަމަށް ވަނީ ފާހަަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement