ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށް ޓްރާންސަޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި

15 Oct 2018 | 09:37

ނިމިގެންދިޔަ ރިޔާސީ އިންތިހާބްގައި ދިވެހި ރައްޔިތުން ނިންމެވިގޮތަށް އިހްތިރާމް ކުރުމަށާއިސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ޓްރާންސަޕޭރެންސީ މޯލްޑިވްސް އިން ގޮވާލައި ނޫސްބަޔާނެއް ނެރެފިއެވެ.

ޓްރާންސަޕޭރެންސީ މޯލްޑިވްސް އިން މއަދު ނެރުއްވި ނޫސްބަޔާނުގައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމިންގެ ފަރާތުން ސުޕްރީމްކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގާ ކަންބޮޑުވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަގޮތް އެޖަމްއިއްޔާއިން ވާނީ ގައުމީ ފެންވަރުގައި އޮބްޒާވްކޮށްފައިކަމަށް ނޫސްބަޔާނުގައި ފާހަގަކޮއްފައިވެއެވެ.

މިގޮތުން އިންތިޚާބުގެ ކުރިން ހުރި ކަންބޮޑުވުންތައްވެސް އެޖަމްއިޔާއިންވަނީ ފާހަގަކޮށްފައިކަމަށާއި އަދި މިކަންބޮޑުވުންތަކަކީ ނިޒާމީގޮތުން ސަރުކާރު ހިންގާ ޕާޓީއަށް ފައިދާވާގޮތަށް ރޭވިފައިހުރި ކަންތައްތަކެއް ކަމުގައިވެސް ފާހަގަކޮށްފައިވާނެކަމުގައެވެ.

ނަމަވެސް، އިންތިޚާބު ދުވަހުއޮބްޒާވްކުރެވުނު ކަންބޮޑުވުންތަކަކަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރާފަދަ ކަންކަން ނޫންކަން އެޖަމްއިއްޔާއިން ފާހަގަކޮށްފައިވާނެކަމަށެވެ.

ހަމަމިއާއެކު އިންތިޚާބުގެ ނަތީޖާ، ސަރުކާރު ހިންގާ ޕާޓީ ހިމެނޭގޮތަށް، ހުރިހާ ސިޔާސީ ޕާޓީއަކުން ވަނީ ގަބޫލުކޮއްފާކަމަށެވެ.

ހަމަ އެހެންމެ، 2013ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ކަންކުރެވުނު ފަދައިން، ރައްޔިތުންގެ ނިންމުން، ސުވާލުއުފެދޭ ފަދަ ގޮތަކަށް ޝަރުއީ ނިޒާމު މެދުވެރިކޮށް ބަދަލުކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްނުކުރުމަށް އެޖަމްއިއްޔާއިން ގޮވަލާކަމަށާއި އަދި އާއްމު ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް އެނިންމުމާ އެއްގޮތަށް ސިޔާސީ މަސްރަހު، ސުލްހަވެރިކަމާއެކީ، ބައްޓަންކުރުމަށް އެޖަމިއްޔާއިން ގޮވާލާކަމަށެވެ.

Advertisement

ކޮމެންޓް

Advertisement