ރާއްޖެއަކީ އިންޑިޔާގެ މުހިންމު ބައިވެރިއެއް: މޯދީ

07 Jun 2019 | 20:50

ދިވެހިރާއްޖެއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިޔާއިން ދެކޭކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ސްރީލަންކާއަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މޯދީ ވިދާޅުވީ އެބޭފުޅާ ދިވެހިރާއްެޖެއަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށާއި އެމަނިކުފާނުގެ ހުވާާކުރުމުގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. 

އެބޭފުޅާ އިތުރަށް ވިދާޅުވީ އިންޑިޔާއިން ދިވެހިރާއްޖެއާއި މެދު ދެކެނީ ބަދަހި ތާރީޚީ އަދި ސަގާފީ ގުޅުންތަކެއް އޮތް އެކުވެރި ގައުމެއްގެ ގޮތުގައި ކަމަށެވެ.

ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަށް އިޝާރާތްކުރައްވަމުން މޯދީ ވިދާޅުވީ އީސްޓަރ ސަންޑޭގައި ދިން ނުރައްކާތެރި އަދި ހިތާމަވެރި ނިރުބަވެރި ހަަމަލާގައި ގެއްލުންވި ސްރީލަންކާާގެ ރައްޔިތުންނާއި އެކު އިންޑިޔާއިން ދެމިއޮތްކަމަށާއި ނިރުބަވެރިކަމާއި ދެކޮޅަށް ލަންކާއިން ކުރަމުންދާ މަސައްކަތް ތަކުގައި އިންޑިޔާއިން އެހީވާނެ ކަމަށެވެ.

Advertisement

ކޮމެންޓް