Advertisement

ގޮތްނޭނގޭ ބައްޔެއްގެ ވޭނުގައި ފަސް އަހަރު، އެދެނީ އެހީގެ އަތެއް!

09 Jun 2019 | 14:47

އުފާާވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ އުންމީދަކީ ކޮންމެ އިންސާނަކުވެސް އެދޭނެކަމެކެވެ. ކުރާނެ އުއްމީދެވެ. އެކަމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކޮންމެ މީހަކުވެސް ކުރާނެއެވެ. ސިއްހަތު ގޯސްވުމުގެ ކުރިންނާއި ގޯސްވުމުގެ ފަހުންވެސްމެއެވެ.

މާލެއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަހުމަދު ޝުޖާއު ޔަހްހާ އަކީވެސް މިފަދަ ޒުވާނެކެވެ. ގަދަރުވެރި ދިރިއުޅުމަަކަށް ހިތްމަތާއިއެކު މަސައްކަތްކޮށް، ކުޑަ އާއިލާއެއް ބަލަހައްޓަމުންދިޔަ ހީވާގި ފިރިއެެކެވެ. ނަމަވެސް މީގެ ފަސް އަހަރު ކުރިން އޭނާގެ ހަޔާތުގެ އުފާވެރިކަމުގެ ދުވަސްތަކުގެ ހުޅުކޮޅު ނިވިގެންދިޔައީ ކުއްލިއަކަށެވެ.

ގައިގެ ތަންތަން އައްސިވެ ތަފާތު އުނދަގޫތައް ކުރިމަތިވާން ފެށުމުން އަހުމަދު ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ނިންމީ އޭނާއަށް ލޭގެ އިންފެކްޝަން ޖެހުނުކަމަށެވެ. ޒިންމާދާރުކަމާއި އެކު އެއާޕޯޓުގައި ބަސް ޑްރައިވަރެއްގެ ވަޒީފާ އަދާކުރުމުގެ އިތުރުން ޓެކްސީ ދުއްވަން އުޅުނު އަހުމަދު މިއަދު ވަނީ ގައިބާރުދެރަވެ، ވަޒީފާ އަދާނުކުރެވޭ ހާލުގައެވެ.

އަހުމަދުގެ އާއިލާއިން ބުނިގޮތުގައި ލޭގެ އިންފެކްޝަން ކަމަށް ޑޮކްޓަރުން ބުނިނަމަވެސް، އެއީ ކޮން ބައްްޔެއްކަން ވަނީ އަދި ސީދާ ދެނެނުގަނެވިއެވެ. މިއާއި އެކު އެ ޒުވާން ހަށީގެ ހާލަތު ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ލޭގެ އިންފެކްޝަންގެ ސަބަބުން އޭނާގެ ފުރަމޭވެސް ދުޅަވެފައިވާއިރު ކިޑްނީގައި ވެސް ހިލަ އުފެދިފައިވާކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދެއެވެ.

އަދި އެހެންމެ، ކޮންމެ ދުވަަހަކުހެން އަހުމަދުގެ މޭގައި ރިއްސައި، ގައި އައްސިވެ އަނގައިންނާއި ނޭފަތުން ލޭއައުމާއި ވަނީ ކުރިމަތިލާން ޖެހެއެވެ.

ކޮންމެ އާއިލާއެއް ފަދައިން އަހުމަދުގެ އާއިލާއިންވެސް އެފަރާތްތަކުގެ މާލީ ހާލަތު ތަންދިން މިންވަރުން އަހުމަދަށް ބޭސްފަރުވާ ފޯރުކޮށްދެވޭތޯ މަސައްކަތްކުރެއެވެ އެގޮތުން މިއަހަރުގެ މާޗު މަހުގެ ތެރޭގައި އާސަންދައިގެ އެހީގައި އިންޑިޔާގެ ކޮޗިންއަށްގޮސް ފަރުވާ ހޯދަން، އަހުމަދުގެ އާއިލާއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ޓެސްޓުތައް ހަދައި ނަތީޖާ ނުލިބެނީސް އާސަންދަ ހުސްވެގެން ރާާއްޖެއަށް އަނބުރާ އަންނަން ޖެހުނުކަމަށް އެ އާއިލާއިން ހިތާާމައާއި އެކު ފާހަގަކުރެއެވެ.

މި ވޭނީ ހާލުގައި އަހުމަދު ރާއްޖޭގައި އުޅެމުންދިޔައެވެ. ނަމަވެސް ދާދިފަހުން ހެދި އެމްއާރްއައި ސްކޭނަކުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ދެއްކިއެވެ. އެގޮތުން އަހުމަދުގެ ސިކުނޑީގައި ލޭގަނޑުވެފައިވާ ތަންކޮޅެއް އިންކަމަށް އެ ސްކޭނުން ދައްކައެވެ.

އެހެންކަމުން އަހުމަދާއި އޭނާގެ އާއިލާއިން ބޭނުންވަނީ އެ ބަލީގެ ވޭނުން އަހުމަދު މިންޖުވުމަށެވެ. މިކަމަށްޓަކައި އެފަރާތުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް އެހީއަކަށް ބޭނުންވެއެވެ. އެ އެހީތެރިކަން ކުޑަމިންވަރަކުން ނަމަވެސް ދިއްކޮށްލަމާތޯއެވެ.

އަހުމަދާއި އޭނާގެ އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7704441020101 (ޝަރުމީލާ އާދަމް - އަހުމަދުގެ އަންހެނުން)

ފޯނު ނަމްބަރު: 9818778 - ޝަރުމީލާ އާދަމް

Advertisement

ކޮމެންޓް