ހުރާގެ ސީ ޝައިން ގެސްޓް ހައުސް ސޯޝަލް މީޑިއާގައި ހޫނުފެނަށް

07 Jun 2019 | 23:49

މާލެ އަތޮޅު ހުރާ ގެ ސީ ޝައިން ގެސްޓު ހައުސް މީސް މީޑިއާގައި ވަރަށް ބޮޑު ފާޑު ކިއުން ތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ސީ ޝައިންގެ މައްސަލަ ފެންމަތިވީ ފޭސް ބުކު އެކްޓިވިސްޓް” މިދޫ މެކް” ގެ ސްޓޭޓަސް އިންނެވެ. މިދުއަމް ސްޓޭޓަސް ގައި ލިއެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ގެސްޓް އަހުސް އަށް 700 ރުފިޔާ ޖަމާ ކުރި އިރު އޮޅު މަކުން ކުރެވުނީ 700 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާގެ 10,000 އަށް ވުރެ ގިނައެވެ. ގެސްޓް އަހުސްގެ ވެރި މީހާ އައުމުން ލާރި އަނބުރާ ޓްރާންސްފާރ ކޮށް ދޭނެ ކަމަށް ބުނުމުން މިދުއަމް އަނބުރާ މާލެ ދިޔައީ އެވެ.

އެހެނަސް މިތިން ދުވަހުވެސް ލާރިއަނބުރާ ފޮނުވާފައި ނުވާތީ އާއި ގުޅުމުން ފޮނުވާނެ ކަމަށް ބުނެ ހަބަރެއް ނުވުމުން އެންމެ ފަހުން އެވާހަކަ ފޭސްބުކް ގައި ޖެހީއކަމަށް އޭނާ ބުނެފައިވެއެވެ.

މިދޫ ބުނެފައިވާ ގޮތުގައި އެ ލާރި އަކީ މާދަމާ އޭނަ ބޭނުން ކުރަން ޖެހޭ ލާރިއެވެ. އެއީ އޭނަގެ އަމިއްލަ ލާރިއެއް ނޫން ކަމާއި ބޭރު ގައުމެއްގެ ފޯރަމް އަކަށް ދާން ޓިކެޓް ނަގަން ފޯރަމް އޯގަނައިޒް ކުރި ފަރާތުން ދީފައި ހުރި ލާރި ކަންވެސް ގެސްޓް ހައުސް މީހުންނަށް އެންގި ކަމަށް މިދުއަމް ވަނީ ބުނެފައިއެވެ. އެލާރި ދައްކަން ކުޑަތަން ވުމުން ގެސްޓު ހައުސް އަށް ކުރި މެސެޖުވެސް މިދުއަމް ވަނީ ހިއްސާ ކޮށްފައިއެވެ.

މިސްމީޑީއާ އާއި ޕަބްލިކް ގުރޫޕް ތަކުގައި މިވާހަ ފެތުރެމުން ދާއިރު ބައެއް މީހުން ކޮމެންޓު ކޮށްފައި ވަނީ މިގޮތަށް އަމަލު ކުރުމުން ހަޑިނަން ލިބެނީ ހުރާ އަށް ކަމަށެވެ. އިތުރު ބައެއް ބޭފުޅުން ވަނީ ގެސްޓު އަހުސްގެ ފޭޖަށް އެކަމާއި ބެހޭ ގޮތުން ކޮމެންޓް ކޮށް އަދި މެސެޖު ކުރަމުންނެވެ.

މިކަމާއި ބެހޭ ގޮތުން ސީ ޝައިން ގެސްޓު ހައުސް އިން އަދި ބަހެއް ވިދާޅު ނުވެއެވެ.

ފަހަކަށް އައިސް ވަރަށް ގިން ކަންތައް ތަކުގައި މީހުން އަމިއްލަޔަށް ނިކުމެ އިސާފު ހޯދަން ޖެހިފައިވާ ކަން ވަނީ ފާހަނގަ ކުރެވިފައިއެވެ. މި މައްސަލައިގައި ވެސް ފޭސްބުކު ގައި ލިއުމުގެ ކުރިން މިދުއަމް ބޭންކަށް އީމެއިލް ކުރި ކަމާއި އެއަށް އަދި ޖަވާބެއް ނުލިބޭކަން އޭނާ ވަނީ ފާހަނގަ ކޮށްފައިއެވެ.

Advertisement

ކޮމެންޓް