ލޯނުގެ މައްސަލައާއި އެކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ހޫނުފެނަށް!

08 Jun 2019 | 11:41

ރާއްެޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލްކުރުމަށް އެދޭ ލޯން އެހީއަށް ކުރިމަތިިލި ގިނަ ފަރާތްތަކުގެ އެޕްލިކޭޝަންތައް ނުހޮވުނީ ސައްހަ ނޫން އެޕްލިކޭޝަން ތަކަކަށްވުމުން ކަމަށް ބުނުމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަނާއި މިިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މި ސްކީމްގެ ދަށުން ލޯނަށް ކުރިމަތިލާން ހުޅުވާލުމަށްފަހު، ހޮވުނު ފަރާތްތައް ދާދިފަހުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މި ސްކީމަށް ހޮވިފައިވަނީ އެންމެ 79ފަރާތްކަމުން އެހާ މަދު ކުދިންތަކެއް ހޮވުނު ސަބަބާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާތިލްކޮށްފައިވަނީ އާންމުކުރި އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި އެ މީހުން ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށް ދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބާކީ ހުރި ޖާގަތަކަށް އަލުން ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގައި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންވެސް ފާހަގަކޮށްލެެވެއެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރ އިމްތިޔާޒް ފަހުމީ ވިދާޅުވީ އެޕްލިކޭޝަން ފުރިހަަމަ ނުވުމުގެ ސަބަބުން ޑިސްކޮލިފައި ވެގެން، ގާބިލް ދަރިވަރުންގެ ފުރުސަތު އެ ބުރުގައި ގެއްލިގެން ހިނގައިދާނެތީ އެގޮތުން ފޯމް ފުރިހަމަނުވެ އޮތްކަމަށް،  ފަހުގެ ތާރީޚްގެ ކުރިން އަންގާލުން މުހިންމުކަމަށް މިނިސްޓްރީއަށް އެތައް ފަހަރަކު ޚުދު އެބޭފުޅާވެސް ގުޅުއްވި ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލި ދަރިވަަަރަކު ވޮއިސްއާއި ވާހަކަ ދައްކަމުން ބުނީ އެ ޕޯޓަލްގެ މައްސަލަތައް ހުރި ވާހަކަ އެތައް ފަހަރަކު މިނިސްޓްރީއަށް ގިނަ ދަރިވަރުން އެންގި ކަމަށެވެ. އެގޮތުން ކުދިން އެއްޗެއް އަޕްލޯޑްކުރުމަށްފަހު އެ އެއްޗެއް އެކުދިންނަށް ނުފެންނަކަމަށްވެސް ދަރިވަރު ބުންޏެވެ.

އަދި ބައެއް ފަހަރު ޕޯޓަލް ކްރޭޝްވާތީ އެއަށްވެސް ނުވަދެވޭ ކަމަށާއި އެޕްލިކޭޝަން ލުމުން އަރަނީ ޕެންޑިންގް އެޕްލިކޭޝަން ކަމަށެވެ. މި ދަރިވަރު އިތުރަށްވަނީ ކުދިންނަށް ޕޮއިންޓްދިން އުސޫލުވެސް ފުރަތަމަ އިއުލާންގައި އާންމު ނުކުރުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް