ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެންފި

08 Jun 2019 | 16:26

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

ދާދި ދެންމެއަކު އެމަނިކުފާނު ދަތުރުކުރެއްވި ޚާއްސަ މަތިންދާބޯޓު ވަނީ ވެލާނާާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބްދު ޝާހިދާއި އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރެވެ.

އެމަނިކުފާނު އިރުކޮޅަކުން ކަނޑުމަގުން މާލެއަށް ވަޑައިގަންނަވާނެއެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް

Advertisement