Advertisement

މޯދީއަށް ރަސްމީކޮށް މަރުހަބާ ކިޔައިފި

08 Jun 2019 | 16:20

އިންޑިޔާގެ ބޮޑުވަޒީރު ނަރެންްދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގެ ތެރެއިން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނަށް ދިވެހިރާއްޖެއަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓެވެ.

މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

އަދި ސްކޫލް ކުދިންގެ ސަގާފީ ނެށުމެއްވެސް ވަނީ ހުށައަޅަައިދީފައެެވެ.

ބޮޑުވަޒީރު މޯދީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް