ދުނިޔެއަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫން: މޯދީ

08 Jun 2019 | 21:29

އިންސާނުން ދިރިއުޅެމުންދާ ދުނިޔެއަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫންކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ މިދުނިޔެއަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫންކަމަށާއި އަންނަންއޮތް ޖީލުތަކަށް ރައްކާތެރިކަމާއި އެކު ފޯރުކޮށްދޭން ޖެހޭ އަމާނާތެއް ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ވާހަކައަކީ އަދުގެ އިންސާނުން ކުރިމަތިލާން ޖެހިފައިވާ ހަގީގަތެއް ކަމަށާއި ކޯރުތަކުގެ ފެން ހިނދި، މޫސުން ލަފާ ކުރަން ނޭނގުމުގެ ސަބަބުން ދަނޑުވެރިންނާާއި ދަނޑުވެރީންގެ މަސައްކަތްތަކަށް އުނދަގޫ ހާލަތްތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ އިންޑިޔާއިން ދެކޭ ނޫ އިގްތިސާދުގެ ފައިދާ ހޯދުމުގެ ވިސްނުން ހަގީގަތަކަށް ހެދުމަށްޓަކައި އެއްބާރުލުން ހޯދުމަށް ދިވެހިރާއްޖެ ފަދަ އެހެން ބައިވެރިޔަކު ނެތްކަަމަށެވެ.

އެކަމުގެ ސަބަބަކީ، އިންޑިޔާއާއި ރާއްޖެއަކީ ކަނޑުގެ ގޮތުން އަވަށްޓެރިންކަމުގައި ވާތީކަމަށް މޯދީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement