އޭޑީކޭއިން ފަށައިގެން ސްކޫޕާއި ހަމައަށް އަންހެންކުއްޖަކާއި މުސްކުޅިއަކު ފޮށެފި

09 Jun 2019 | 17:37

ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި އަންހެންކުއްޖަކާއި ފޮށެމުން ފަހަތުން އައި ފިރިހެނެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

މި ފިރިހެންމީހާގެ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު، އެ ވީޑިޔޯގެ ކެޕްޝަންގައި ވާގޮތުގައި އެ މުސްކުޅި ފިރިހެންމީހާ ވަނީ އޭޑީކޭއިން ފެށިގެން ސްކޫޕް ރެސްޓޯރެންޓާއި ހަމައަށް އެ އަންހެންކުއްޖާއާއި ފޮށެމުން ސައިކަލުން އައިސްފައެވެ.

އަދި އެ އަންހެންކުއްޖާއާއި ބޭއަދަބީ ބަހުން މުޚާތަބުކޮށް، ޖިންސީ ގުޅުން ހިންގަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ވީޑިޔޯ އަޕްލޯޑްކުރި އަންހެންކުއްޖާ ބުނީ ދުވަހަކުވެސް މިހާވަރަށް ނުފޮށޭކަމަށާއި، މަގުމަތީގައި ހުރެ ރޯންޖެހުނު އިރުގައިވެސް އެކަމާއި މެދު އެކަކުވެސް އަޅާލާާފައިނުވާ ކަމަށެވެ. މި މުސްކުޅި މީހާގެ ވަނަވަރު ހޯދުމަށް އެ އަންހެންކުއްޖާ އެދުމުން އެ ފިރިހެން މީހާގެ ވަނަވަރު ގިނަބަޔަކު ވަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގައި ހާމަކޮށް، އެ މައްސަލަ ބެލުމަށް ފުލުހުންގެ އަރިހުން އެދިފައެވެ. މި މައްސަލަ ބަލާނެކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރުވެސް ވަނީ ވިދާޅުވެފައެވެ.

އެ އަންހެންކުއްޖާއާއި އެ މުސްކުޅި މީހާ ފޮށުނުއިރު، އަންހެންކުއްޖާ ލައިގެން ހުރީ ގައި ނިވާވާފަދަ ހެދުމެއްކަންވެސް ފާހަގަކޮށްލެވެއެވެ. ނިވާނުވާ ހެދުން ލުމަކީ ބައެއް ފަހަރަށް ފޮށުމަކީ މައްސަލައެއް ނެތްކަމެއް ކަން ދެއްކުމަށް ބައެއް މީހުން ބޭނުންކުރާ ބަހަނާއެއްކަން ހިތާމައާއި އެކު ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ހަކަތަ މޯލްޑިވްސް ކުންފުނީގައި މަސައްކަތްކުރާ މި ފިިރިހެންމީހާއަކީ އަންބަކާއި ބޮޑެތި ދަރިންވެސް ތިބޭ މީހެކެވެ. މި މީހާއަކީ އާންމުކޮށްވެސް މީހުންނާއި ފޮށޭ މީހެއްކަމަށްވެެއެވެ.

މިކަމާއި ގުޅިގެން އޭނާގެ އެންމެ ބޮޑު ފިރިހެން ދަރިފުުޅު ފޭސްބުކްގައި ބުނެފައިވަނީ ބައްޕަގެ އެންމެ ދޮށީ ދަރިފުޅަށް ވީތީ ލަދުގަންނަ ކަމަށާއި ބައްޕަ ގައިގައި ރޯކޮށްލިޔަސް ހެޔޮކަމަށެވެ. 

ފާާހަގަކޮށްލެވޭ ގޮތުގައި މަގުމަތިންދާ މީހުންނަށް ފުރައްސާރަކުުރުމަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފް އަަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާކަމެކެެވެ.

Advertisement

ކޮމެންޓް

Advertisement