Advertisement

ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވާނީ މި މަހު 19،18 ގައި

15 Sep 2018 | 17:58

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންހާބުގައި ވޯޓް ކަރުދާހައި ވޯޓުލުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތައް މި މަހުގެ 18 އަދި 19 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓްލުމަށް ބޭނުންވާ ލިޔެކިޔުމާއި ބައެއް މުހިންމު ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ވޯޓް ކަރުދާސް ޕްރިންޓްކޮށް ނިމި ކޮމިޝަނަށް ލިބުމުން ފޮށިތައް ބަންދުކޮށް ރަށްރަށަށް ފޮނުވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ އެކޮމިޝަނުން ބުނީ ވޯޓު ކަރުދާސްތައް ޕްރިންޓްކޮށް ނިމި، ސެކިއުރިޓީ ފޮށިތަކަށް މި މަހުގެ 18، 19 ގައި އަތޮޅުތަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، އެތަކެތި ކޮންމެ އަތޮޅެއްގެ ވެސް މައިރަށަށް ފޮނުވުމަށްފަހު، އެ އަތޮޅެއްގެ ރަށްތަކަށް އެ ތަކެތި ގެންދާނެކަމަށްވެސް އެކޮމިޝަނުން ވަނީ މައުލޫމާތި ދީފަ އެވެ.

އެކޮމިޝަނުން ބުނީ، ސެކިއުރިޓީ ފޮށްޓާ އެކު، ކޮންމެ އަތޮޅަކަށް އެ ކޮމިޝަންގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު ވެސް ދާނެ ކަމަށާއި، ވޯޓް ނަގާ ދުވަހާ ހަމަޔަށް އެތަކެތި ހުންނާނީ ވަރަށް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ފަދަ އިންތިޒާމެއްގެ މަތިން ކަމަށެވެ.

އަންނަ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 472 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ޖުމްލަ އަދަދަކީ 262،135 މީހުން އެވެ.

Advertisement

ކޮމެންޓް