Advertisement

ކިއުގައި ހުންނެވިއިރު އިދިކޮޅު ސަޕޯޓަރުން އަޅުގަނޑަށް ހަމަލާދޭން އައި: ޑރ. މުއިޒު

15 Oct 2018 | 09:51

ރީޔާސީ އިންތިހާބް ބާތިލް ކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ އިއްޔެގެ އަޑު އެހުމަށް ވަނުމަށް ކިޔުގައި ހުންނަވަނިކޮށް އިދިކޮޅު ބައެއް ސަޕޯޓަރުން ވަނީ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒަށް ހަމަލާ ދޭން މަސައްކަތް ކޮއްފައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މުއިޒް މިހެން ވިދާޅުވީ ޗެނަލް 13 އިން "އޮޅުވާލި ވޯޓް"ގެ ނަމުގައި ގެނެސްދޭ ހާއްސަ ސެގްމެންޓެއްގައެވެެއެވެ.

މުއިޒް ވަނީ އިދިިކޮޅު ފަރާތްތަކުގެ ކިބައިން ދަށުދަރަޖައިގެ އަޚްލާގެއް ނެތް އަމަލުތަކެއް ފެނިގެންދިޔަކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކިއުގައި ހުންނެވިި އިރު އެބޭފުޅާއަށް އަނިޔާ ދިނުމަށް ބައެއް ފަރާތްތަކުން ދިމާލަށްއަންނަތަން ފެނިވަޑައިގަންކަމަށެވެ.

އެމަނިކުފާން ކިއުގައި ޖެހިގެންހުންނެވީ އޭއީ އެހެމީހުންނެކޭ އެއްފަދައިން އެބޭފުޅާއަށްވެސް ލިބިވަޑައިގަންނަވާ ހައްގެއްކަމަށްވާތީއެވެ.

އިދިކޮޅު ސަޕޯޓަރުންގެ ހަމަލާއިން އެބޭފުޅާ ސަލާމަތްކޮށްދެއްވާ ވަޑައިގަނެވޭގޮތް ހަމަޖައްސަވައިދެއްވީ އެމަނިކުފާން އަދިހުގައި ތިއްބެވި ހިތްވަރުގަދަ ބޭފުޅުންގެ ކަމުގައި މުއިޒް ފާހަގަ ކުރެއްވިއެެވެެ.

މުއިޒް އިތުރަށް ވިދާޅުވީ އިދިކޮޅި ސަޕޯޓަރުންގެ ފަރާތުން ފާހަގަ ވެގެން ދިޔައީ ކޮންމެ މީހަކަށްވެސް ހަމަލާދޭނެ ތައްޔާރަށް ތިބިކަމުގައި ކަމުގައެވެ.

އަދިވެސް ރައީސ ޔާމީންގެ ފަހަތުގައި އެމަނިކުފާން ސާބިތުވެ ހުންނެވިކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އިއްޔެގެ އަޑު އެހުމަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހެނދުނު 8 ފެށިގެން ސްޕްރީމް ކޯޓް ދަށުގައި ކިއު ހަދާފައެވެ.

Advertisement

ކޮމެންޓް