ފޭކް ޓްވިޓަރ އެކައުންޓްގެ މައްސަލަގައި މުއުމިނާ ބޭނުންފުޅުވަނީ ޝަރީއަތަށްދާން!

10 Jun 2019 | 17:05

ރާއްޖޭގެ އެންެމެ ފުރަތަމަ އަންހެން މިނިސްޓަރ އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމްގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް ބަޔަކު ހެދި މައްސަަލައިގައި އެކަމަނާ ބޭނުންފުޅުވަނީ ޝަރީއަތަށް ވަޑައިގަންނަވަން ކަމަށް މުުއުމިނާ ހަލީމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯއެއްގައި މުއުމިނާ ވިދާޅުވީ އެކަމަނާާ އެއްވެސް ސޯޝަލް މީޑިޔާގެ ވަސީލަތެއް ބޭނުންނުކުރައްވާ ކަމަށާއި، އިންޓަރނެޓްވެސް ބޭނުންފުުޅު ނުކުރައްވާ ކަމަށެވެ.

ލައިން ފޯނެއް ގެންގުޅުއްވާ ފަރާތެއްކަން ފާާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ އެކަމަނާގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން އުޅެނީ ކާކުކަން އެނގިއްޖެ ނަމަ ޝަރީއަތަށް ވެސް ދާން ބޭނުންފުޅުވާ ކަމަށެވެ.

މުއުމިނާާ އިތުރަށް ވިދާޅުވީ އެކަމަނާގެ ނަމުގައި އެކަންތައް ކޮށްގެން ނުވާނެކަމަށާއި އެކަމަނާގެ ހިތަށް ނާރާ އެއްޗިއްސާއި ބުނަން ބޭނުން ނޫން އެއްޗިހި ބުނެފައި ފޮޓޯވެސް ޖަހާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުއުމިނާގެ ބޮޑުބޭބޭފުޅު ކަރަންކާ އިބްރާހިމް ރަޝީދުގެ ނަންފުޅުގައިވެސް ފޭކް ޓްވިޓާ އެކައުންޓެއް ވަނީ ހައްދަވާފައެވެ.

Advertisement

ކޮމެންޓް