Advertisement

ނުރަސްމީ ދަތުރެއްގައި ނަަމަލް ރާއްޖޭގައި، ރައީސް ސޯލިހާއިވެސް ބައްދަލުކުރައްވައިފި

10 Jun 2019 | 14:26

ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރ އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ، ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު އެބޭފުޅާއާއި އެބޭފުޅާގެ ޓީމް ރާއްޖެއަށް ވަޑައިގަތުމުން އެބޭފުޅާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ނަމަލް ރާޖަޕަކްސަ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށްވެސް ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތަށްފަހު ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ބައްދަލުކުރެވުނީތީ އުފާކުރައްވާ ކަމަށާއި ދެގައުމުގެ މެދުގައި އަބަދުވެސް ދޭދޭ ފަރުދުންގެ ހަރުދަނާ ގުޅުންތައް އޮންނަ ކަމަށެވެ.

އަދި މި ގުޅުން އިތުރަށް ބަދަހިކުރަމުންދާނެކަމަށްވެސް ނަމަލް ފާހަަގަކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި ނަމަލް ރާޖަޕަކްސަ ވަނީ މި ދަތުރުފުޅުގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެެވެ. ސްރީލަންކާގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ނަމަލް ރާޖަޕަކްސަ ނިސްބަތްވެ ވަޑައިގަންނަވާ އެސްއެލްޕީީޕީންވެސް އެ އިންތިޚާބުގައި ވާދަކުރާނެއެވެ.

Advertisement

ކޮމެންޓް