ގެސްޓްހައުސްތަކަށް ދިވެހި އިންވެސްޓަރުން އިތުުރުކުރަން ޖާބިރުގެ ގަރާރެއް!

11 Jun 2019 | 11:59

ރާއްޖޭގެ ގެސްޓްހައުސްގެ ސިނާއަތަށް ބޭރުގެ އިންވެސްޓަރުން މަދުކޮށް، ދިވެހިން ގިނަކުރުމަށް މަގުފަހިކުރުވާ ފަދަ ގަރާރެއް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވައިފިއެވެ.

ޖާބިރު މިއަދު މަޖިލީހަށް ހުށައެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރި ބޭރުގެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދިނުމަށް ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފަސޭހަ އިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެ މަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރަންޖެހޭނެކަމަށެވެ.

އެ ގަރާރުގައިވާ ގޮތުގައި ގެސްޓްހައުސްގެ ވިޔަފާރި ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ދާން ޖެހިފައި ވަނީ ރާއްޖޭގެ ބޭންކުތަކުން އެސިނާއަތް ތަރައްގީ ކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމުގެ ސަބަބުންނެެވެ.

އަދި ބޭންކުތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ފެސިލިޓީޒްތަކަށް ވާސިލްވުމަށް އާންމު ގެސްޓްހައުސް ވިޔަފާރިވެރިޔާއަށް ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމަށްވެސް ޖާބިރުގެ ގަރާރުގައި ފާހަަގަކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް