Advertisement

ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ޖޮވިކް ދައްކާލައިފި، މެންޑީވެސް ރެއާލްއަށް

13 Jun 2019 | 08:39

އަރަމުން އަންނަ ޒުވާން ހުނަރުވެރި ފޯވަޑް ލޫކާ ޖޮވިކް ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލައިފިއެވެ. ސާބިއާއަށް ނިސްބަތްވާ ޖޮވިކް ރެއާލްއަށް ބަދަލުވީ 60 މިލިއަން ޔޫރޫގެ ފީއަކަށް ޖަރުމަނުގެ ފްރޭންކްފާޓުންނެވެ.

މިދިޔަ ސީޒަނުގައި ޖަރުމަނުގެ ކްލަބަށް އޭނާ ކުޅެދިން 48 މެޗުގައި އޭނާވަނީ 27 ގޯލް ކާމިޔާބު ކޮށްފައެވެ. ޕްރޮފައިލިކް ސްކޯރާއެއްގެ ގޮތުގައި ކުރިއަރާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ ޖޮވިކްވަނީ ނިމިގެން ދިޔަ ސީޒަނުގެ ޔުއޭފާ ޔޫރޯޕާ ލީގުގެ ސްކޮޑް އޮފް ދަ ސީޒަނުގަވެސް ހިމެނިފައެވެ. އެ މުބާރާތުގައި އޭނާވަނީ ފްރޭންކްފާޓަށް 10 ގޯލް ޖަހައިދީ އެޓީމް ސެމީ ފައިނަލަށް ގެންގޮސް ދިނުމަގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

ރެއާލްއައި ގުޅުމަށްފަހު އޭނާ ބުނީ މިވަގުތު އޭނާއަކީ މުޅި ދުނިޔޭގަވެސް އެންމެ އުފަލުން ހުރި ކުއްޖާ ކަމަށެވެ. އެންމެ ބޮޑު ކްލަބް ރެއާލްއަށް އަންނަ ސީޒަނުގައި އިތުރު ކާމިޔާބީތަކެއް ހޯދަދިނުމަށް ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ ޖޮވިކްގެ ކިބައިގަ ހުރި ކްލަބްގެ ސަޕޯޓަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށައި އެހެންކަމުން މިއީ ޖޮވިކްގެ ކެރިއަރުގައި އޭނާގެ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ.

އަންނަ ސީޒަނަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ ރެއާލްއިން ލެފްޓް ބެކްއަށް ކުޅޭ ލިޔޯންގެ ފަރލޭންޑް މެންޑީގެ ސޮއިވެސް ކަށަވަރު ކޮށްފައެވެ. މީގެ ެއިތުރުން އެ ކްލަބުންވަނީ ހަޒާޑް ގަތުމަށް ޗެލްސީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

300 މިލިއަން ޕައުންޑައި ގާތްކުރާ އަދަދަކަށް ރެއާލްއިންވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ހަރަދު ކޮށްފައެވެ.

Advertisement

ކޮމެންޓް