މިނާފުށް ބަޑިއެއް ފެނުނު މައްސަލަ ތަހުގީގުކުރަނީ

13 Jun 2019 | 13:18

މާލޭގެ ސަަރަހައްދަކުން ރޭ ފެނުނު މިނާފުށް ބަޑިއެއް ފުުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އިއްޔެ ދަންވަރު 01:32ހާއިރު، އިސްލާމިކް ޔުނިވަރސިޓީގެ ފުރަގަހުގައި އޮންނަ ޕާާކުގައި ތިބި ބައެއްގެ ކައިރީގައި މިނާފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ބާއްވާފައި އޮއްވާ ފެނުނު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 22އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރެވުނުކަމަށާއި، އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މިނާފުށް ބަޑި އޮތީ ފުލުހުންެގެ ބެލުމުގެ ދަށުގައެވެ. އެ ފަރާތުން މި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement