ގޭމްގެ ރައީސްގެ މަގާމަށް ޝުޖާއު އިންތިޚާބުކޮށްފި

14 Jun 2019 | 00:10

ގޭމާރސް އެސޯސިއޭޝަން ފޯރ މޯލްޑިވްސް އީ-ސްޕޯޓްސް (ގޭމް)ގެ ރައީސް ކަމުގެ މަގާމަށް އަހުމަދު ޝުޖާާއު އިންތިޚާބުކޮށްފިއެވެ.

ޝުޖާއުގެ އިތުރުން އެހެނިހެން މަގާމްތަކަށްވެސް ފަރާތްތައް ހަމަަޖައްސާފައިވަނީ ގޭމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ. މި ޖަލްސާ ބާއްވާފައިވަނީ މިރޭ ޒުވާނުންގެ މަރުކަޒުގައެވެ.

ގޭމްގެ ރައީސްގެ މަގާމަށް މިރޭ 25ވޯޓާއި އެކު އިންތިޚާބުވެފައިވަނީ އަހުމަދު ޝުޖާއުއެވެ. ޝުޖާއުގެ ނައިބުގެ މަގާމަށް އިންތިޚާބުވެފައިވަނީ މަސްއޫދު އަލީއެވެ.

މި ޖަމްއިއްޔާގެ ސެކްރެޓަރީގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ މުހައްމަދު އާނިޝްއެވެ. އަދި ޚަޒާންދާރުގެ މަގާމަށް ހަމަޖައްސާފައިވަނީ އަލީ ރަމީޒެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ ގޭމް އެސޯސިއޭޝަންގެ މެންބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށްވެސް މެންބަރުން ކޮޅެއް ހޮވާފައެވެ. އެއީ އަހުމަދު މިޒާން، އިބްރާހިމް މުހައްމަދު، އިބްރާހިމް މާނިއު އަދި މުހައްމަދު ނަސަލްއެވެ.

ހަމައެހެންމެ އެ އެސޯސިއޭޝަންގެ އެކްސްކޯވެސް ވަނީ ހޮވާފައެވެ. ގޭމްގެ އެކްސްކޯގެ ޗެއަރމަންކަމަށް އާތިފް އައިމަން، ވައިސް ޗެއަރއަކަށް ފަރުހަތު އަލީ ވަނީ ހޮވާފައެވެ. އަދި ދެ މެންބަރުންނަށް ސައިފުﷲ އަހުމަދު އަދި އަލީ ޒާހިރުވެސް ވަނީ ހަމަޖައްސާފައެވެ.

ގޭމާރސް އެސޯސިއޭޝަން ފޯރ މޯލްޑިވްސް އީ-ސްޕޯޓްސް (ގޭމް) އަކީ ހިންގާތާ ދެއަހަރު ވެފައިވާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ މީޑިއާ ޕާޓްނަަރަކީ ވޮއިސްއެވެ.

Advertisement

ކޮމެންޓް