Advertisement

ރާއްޖޭގައި ގޭމިންގް އެރީނާއެއް އަަޅަނީ

19 Jun 2019 | 10:20

ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއެރުވުމުގެ މަގުސަދުގައި ގޭމިންގް އެރީނާއެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިިކަން ހާމަކުރައްވާފައިވަނީ ރޭ ކުރިއަށްދިޔަ ގޭމް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަޒްމީލެެވެ.

އަޒްމީލް ވިދާޅުވީ އީ-ސްޕޯޓްސް ކުރިއެރުވުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ގޭމިންގް އެރީނާއެއް ހުޅުވިގެންދާނެކަމަށެވެ. އެގޮތުން އެތަން ހަދާނެ ތަނެއް ކަނޑައެޅިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ކަމަށް އަޒްމީލް ފާހަގަކުރެއްވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ބޭނުންވަނީ ގޭމް ކުޅުމަށްފަހު ނިންމާލަން ނޫންކަމަށާއި، ޕްރޮފެޝަނަލް ގޮތެއްގައި ގޭމިންގް ކުރުމަށް ކަމަށެވެ. އަދި މިއީވެސް މުސްތަގްބަލެއް އޮތް ކުޅިވަރެއްކަން އާންމުންނަށް އަންގަން ބޭނުންވާކަމަށް އަޒްމީލް ވިދާޅުވިއެވެ.

އެކަމަށްޓަަކައި ސަރުކާރުން ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން އަޒްމީލް ވަނީ އަރުވާފައެވެ.

ފޮޓޯ: ސޯޝަލް ގޭމާރސް

Advertisement

ކޮމެންޓް