މިއަދު ރާއްޖޭގެ ޓްވިޓަރއިން ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ

14 Jun 2019 | 06:12

ރާއްޖޭގެ ޓްވިޓަރ އަބަދުވެސް ފެންނަނީ ވަރަށް ތަފާތުކޮށެވެ. ކަމަކާއި ގަޔާވެއްޖެނަމަ އެކަމެއް ވަރަށް ފުރިހަމައަށް ކުރާނެއެވެ. އެއީ ޒުވާބެއް، މީހަކަށް އެހީވުމެއް ނުވަތަ އިޖްތިމާއީ އެހެންކަމަކަށް ވީނަމަވެސްއެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ، ޓްވިޓަރއަކީ ނަފުރަތާއި އެކުވެސް އެކުވެެރިކަން އޮންނަ މީސް މީޑިޔާއެކެވެ.

ރާއްޖޭގެ ޓްވީޓަރުން ނުވަތަ އެމްވީ ޓްވީޕްސްއިން މިފަހަރު މި ނުކުންނަނީ ހުރިހާ ރުޅިވެރިކަމާއި ހިތް ނުތަނަވަސްކަން އެއް ފަރާތަކަށް ޖައްސާލައި، މުހިންމު ޚިދުމަތެއް ކުރުމުގެ މަގުސަދުގައެވެ. އެފަރާާތްތަކުން ވަނީ މާލެއާއި އިންވެގެން އޮންނަ ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމަށް ނިންމާފައެވެ.

މާދަމާ ހަވީރު ކުރިއަށްދާ މި ހަރަކާތާއި ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ދެމުން މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސިޔާނާ މުހައްމަދު ސޯލިހު ބުނީ ހުުޅުމާލެ ސާފުކުރަން ބައިވެރިވާނެ ބަޔަކަށް އެދުމުން އެހާ ގިނަބަޔަކު ބައިވެރިވާނެކަމަށް ހީނުުކުރާ ކަމަށާއި، މިކަން ކުރަން ފުރަތަަމަ ނިންމީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅަށް މިސާލެއް ދެއްކުމުގެ ގޮތުން ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މެންދުުރުފަހު ދޭއް ޖަހާއިރު، ހުުޅުމާާލޭ މެއިން ބަސް ސްޓޮޕް ކައިރި ރުއްގަނޑު ސަރަހައްދަށް އެއްވުމަށްފަހު، ބައިބަހައި ސާފުކުރުމުގެ މަސައްކަތް ކުރާނެއެވެ. ސާފުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ބާބަކިއު ސަރަަހައްދުން ފެށިގެން ޓޫރިސްޓް ބީޗާއި ހަަމައަށެވެ.

ސާފުކުރުމުގެ ހަރަކާތް ކުރިއަަށްދާއިރު، ރުއްގަނޑު ސަރަހައްދުގައި މޫޝާންގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ލައިވް މިއުޒިކްވެސް ކުރިއަށްދާނެއެވެ.

މި ހަރަކާތަށް ގިނަ ފަރާތްތަކުން އެއްބާރުލުން ދެމުން އަންނަކަމަށާއި، އޭގެތެރޭގައި އެމެރިކަން ސެންޓަރ އަދި ޕްރޮޖެކްޓް ޑެމޭޖްކޮންޓްރޯލް ހިމެނެއެވެ.

މީގެ އިތުރުން އެޗްޑީސީ އަދި ވެމްކޯގެ އެހީތެރިކަނަ ފާހަގަކުރެވެއެވެ.

މިކަމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އިންތިޒާމްކުރާ ފަރާތުން އެެދެއެވެ.

Advertisement

ކޮމެންޓް

Advertisement