އިންޑިއާގެ ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

15 Oct 2018 | 19:59

އިންޑިއާގެ އެއާލައިނެއް ކަމަށްވާ ގޯއެއާގެ ދަތުރުތައް އިންޑިއާގެ މުމްބާއީއިން ރާއްޖެއަށް މިއަދު ފަށައިފި އެވެ.

މިއަދު ގޯއެއާގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖެއްސުމުން ފެނުގެ ސެެލިއުޓެއް ވަނީ އަރުވާފައެވެ.

ގޯ އެއާރ އަށް މަރުހަބާ ކިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްބޭފުޅުންނާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޭފުޅުންގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިސްރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާގެ ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށުން އިފްތިތާހު ކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންފައިވާ ފައިސަލް ނަސީމެވެ.

ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ގޯއެއާގެ ދަތުރުތައް މިހާރު ރާއްޖޭގައި ފަށާފައިވާއިރު ގޯއެއާގެ ދިވެހި އެޖެންޓަކީ ވޮޔޭޖަސް މޯލްޑިވްސްއެވެ. ގޯއެއާގެ މިދަތުރުތަކުގައި ބޭނުންކުރާނީ 152 މީހުން އުފުލޭ އެއާބަސް އޭ320ގެ މަންތިދާ ބޯޓެވެ.

ގޯއެއައިން އިއްޔެ ކު ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާގެ މުންބާއިން ރާއްޖޭއަށް ދަތުރުގެ ފެށޭ އަގަކީ 17،999 އިންޑިއާ ރުޕީސް ކަމަށެވެ.

Advertisement

ކޮމެންޓް