Advertisement

ޓްވިޓްސާފުން ހުޅުމާލޭގެެ ގޮނޑުދޮށް ސާފުކޮށް މިސާލު ދައްކައިފި

14 Jun 2019 | 20:16

ރާއްޖޭގެ ޓްވިޓަރގައި ހަރަކާތްތެެރިވާ ފަރާތްތަކުން އިސް ނަގައިގެން "ޓްވިޓްސާފު" ގެ ނަމުގައި ޚާއްސަ އިވެންޓެއް ބާއްވައިފިއެވެ.

ސިޔާނާާ މުހައްމަދު ސޯލިހު ނުވަތަ ނާ ސޯލިހުގެ މޭސްތިިރިކަމުގެ ދަށުން ކުރިއަށްދިޔަ މި އިވެންޓްގައި ސަތޭކައަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ.ހުސައިން ރަޝީދުވެސް ވަނީ މި އިވެންޓްގައި ބައިވެރިވެ ވަަޑައިގެން އަމަލީ މިސާލު ދައްކަވާފައެވެ.

މި އިވެންޓްގެ ބައިވެރިން ވަނީ ހުޅުމާލޭގެ ބާބަކިޔު ސަރަހައްދުގެ ގޮނޑުދޮށުން ފެނިގެން ހުުޅުމާލޭގެ ޓޫރިސްޓް ބީޗާއި ހަމައަށް ސާފުކޮށްފައެވެ. މި ހަރަކާތުގެ ސާފުކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ކުނި ވަނީ ނަގާފައެވެ.

މި ހަރަކާތް ކުރިއަށްދިޔަ އިރު، ޒަކިއްޓޭ، އަމާން، ކޮކީ މޫޝާން އަދި ޝަހުދާން ފަދަ ލަވަކިޔުންތެރިން ވަނީ ހުޅުމާލޭ މައި ބަސް ސްޓޮޕް ކައިރީގައިވާ ރުއްގަނޑު ސަރަހައްދުގައި ޕާފޯމްކޮށްފައެވެ.

އަދި ޕިއްޒާ ބޯނާގެ ފަރާތުން ވަނީ މި ހަރަކާތުގެ ބައިވެރިންނަށް ހިލޭ ޕިއްޒާވެސް ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް