ހަނގުރާމައަށްދިޔަ ދިވެހިން އަނބުރާ ގެންނާކަށް ބޭނުމެއް ނޫން: ރައީސް ނަޝީދު

16 Jun 2019 | 09:43

ބޭރު ގައުމުތަކުގައި ހިނގަމުންދިޔަ އަހުލީ ހަނގުރާމަތަކުގައި ބައިވެެރިވާން ދިޔަ ދިވެހިން އަނބުރާ ގެންނަން ބޭނުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާއަށް އީސްޓަރ ސަންޑޭގައި ދެވުނު ނުރައްކާތެރި ބޮމުގެ ހަމަލާއަށްފަހު އެގައުމާއި އެކުގައި އޮތްކަން ދެއްކުމަށް އެމްޑީީޕީން ކުރާ ދަތުރުގެ ތެރެއިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރަައީސް ނަޝީދު ވިދާޅުވީ ހަނގުރާމަތަކުގައި ދިވެހިން ވީ ތަންތަނާއި ކުރާކަންކަން އެނގޭކަމަށާއި، އެފަރާތްތައް އަނބުރާ ގެންނަން ބޭނުންފުޅު ނުވާ ކަމަށެވެ.

އެމަނިކުފާނު ވަނީ ސީރިޔާގައި ގިނަ އަދަދެއްގެ ދިވެހި ކުޑަކުދިން ތިބިކަން ފާހަގަކުރައްވައި، އެކަމާއި މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އެއީ އޭގެ ތެރެއިން ގިނަ ކުދިން ނިސްބަތްވާ ގައުމެއްވެސް ސީދާ ބަޔާންކުރާކަށް ނޭނގޭތީކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ބައެއް ފަރާތްތަކުން ވިދާޅުވެފައިވަނީ އެކުދިންނަކީ ދިވެހި ފިރިހެނުން ނޫނީ ސީރިޔާ ފިރިހެނުންނަށް ވިހާފައިވާ ކުދިންކަމަށް” އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް