ނެސްޕްރެސޯގެ މިސަރަހައްދުގެ ފުރަތަމަ ޝޯ ރޫމް ރާއްޖޭގައި ހުޅުވައިފި

16 Jun 2019 | 09:39

ސްވިޓްޒަލޭންޑްގެ މަޝްހޫރު ނެސްޕްރެސޯ ބްރޭންޑްގެ ކޮފީގެ ބާވަތްތަކަށް ޚާއްސަކޮށްގެން މާލޭގައި ޝޯރޫމެއް ހުޅުވައިފިއެވެ.

ރޭ ހުޅުވުނު މި ޝޯރޫމް ހުންނަނީ އޯކިޑްމަގު މ.ދޫރެސްގައިއެވެ.

ރޭ މި ޝޯރޫމް ހުުޅުވުމަށް އޮތް ރަސްމިއްޔާތަށްފަހު މީޑިޔާތަކަށް މައުލޫމާާތު ދެއްވަމުން ނެސްޕްރެސޯ ރާއްޖެއަށް އެތެރެކުރާ ލިކުއިޑް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަން މެނޭޖަރ ޝަމްޢާ ހުސައިން ވިދާޅުވީ މިއީ މި ސަރަހައްދުގައިވެސް ހުޅުވުނު ނެސްޕްރެސޯގެ ފުރަތަަމަ ޝޯރޫމް ކަމަށެވެ.

ނެސްޕްރެސޯގެ މައުލޫމާތުދެއްވަމުން ޝަމްޢާ ވިދާޅުވީ އެ ބްރޭންޑަކީ ދުނިޔޭގައި އެންމެ ފުރަަތަމަ ޕޯޝަންޑް ކޮފީ ކެޕްސޫލް އުފައްދައިގެން ވިއްކަމުން އަންނަ ބްރޭންޑެއް ކަމަށެވެ. މިހާރުވެސް ދުނިޔޭގެ 67ގައުމެއްގައި ނެސްޕްރެސޯގެ ބުޓީކްތައް ހުންނާނެކަަމަށް ޝަމްއާ ފާހަގަކުރެއްވިއެވެ.

ޝަމްއާ ވިދާޅުވީ ލިކުއިޑުން ރާއްޖޭގައި ނެސްޕްރެސޯ ވިއްކަމުން އަންނަތާ ދިހަ އަހަރު ވެއްޖެކަމަށާއި، އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ނެސްޕްރެސޯގެ މެޝިންތައް ހުންނާނެކަމަށް ވިދާޅުވިއެވެ. 

މި ފިހާރަ ހުޅުވުމަށް ނިންމި މަގްސަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްއާ ވިދާޅުވީ ނެސްޕްރެސޯ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެއްކަމުން ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރި މަސައްކަތުގެ ތެރެއިން ހުޅުވުނު ޝޯރޫމެއް ކަމަށެވެ.

ނެސްޕްރެސޯ އައުޓްލެޓުގައި 27 ވައްތަރެއްގެ ކޮފީ ކެޕްސޫލް އާއި ގޭގެ އާއި ކޮމާޝަލް ލެވަލްއެއްގައި ބޭނުންކުރާ ކޮފީ މެޝިންތައް ލިބެން ހުރެ އެވެ.

މީގެ އިތުރުން މި ބްރޭންޑް ހާއްސަވެފައި ވަނީ ކޮފީ ކެޕްސޫލް ރިސައިކަލް ކުރާ ބްރޭންޑެއްގެ ގޮތުގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

މި ޝޯރޫމަށް އަންނަ ކަސްޓަމަރުންނަށް ބޭނުން ފްލޭވަރ އެއްގެ ކޮފީއެއްގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް ލިކުއިޑުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް

Advertisement