ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވެއްޖެ

16 Jun 2019 | 08:30

މިހާރު ކުރިއަށްދާ ކޯޕާ އެމެރިކާ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ކޮލޮމްބިއާއައި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ބަލިވީ 2-0ގެ ނަތީޖާ އަކުންނެވެ.

ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާޖެންޓީނާއިން ތަނަވަސް ކުރިއިރު މެސީ އަދި ލިއާންޑްރޯ ޕަރެޑޭސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ބޮޑުބައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމިގެންދިޔައިރު ފުރަތަމަ ގޯލް ކޮލޮމްބިއާ ކާމިޔާބުކުރީ 71 ވަނަ މިނެޓުގައެވެ. ހަމޭސް ރޮޑްރިގޭޒްގެ އެސިސްޓަކުން ރޯގާ މާޓީނޭޒްއެވެ. މި ގޯލަށްފަހު އާޖެންޓީނާ ޕްރެޝަރަށް ވެއްޓުނުއިރު އެޓީމުގެފަރާތުން ނަތީޖާ އެއްވަރު ކުރުމަށް މާއެދެވޭ މަސައްކަތްތަކެއް ކުރި މަންޒަރު ފެނިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮލޮމްބިއާއަށް ތިން ޕޮއިންޓް ކަށަަވަރު ކޮށްދިން ގޯލް މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ ޒަޕާޓާއެވެ.

މި ނަތީޖާއާއެކު ކޮލޮމްބިއާ އޮތީ 3 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޕެރެގުއޭ އަދި ގަތަރު މެޗެއް ކުޅެފައިނުވާއިރު އާޖެންޓީނާ އޮތީ ގުރޫޕުގެ ފުލުގައެވެ. 

Advertisement

ކޮމެންޓް